މާލޭގައި އަންހެނަކު ރަހީނުކުރި އަތުހަރު ނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

މާލޭގައި އަންހެނަކު ރަހީނުކޮށް ކަރުގައި ވަޅި ޖެއްސި އާދަމް އަތުހަރު, 32, ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހިގެން އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރު 4:08 ގަ އެވެ.

ރޭގެ ވަގުތެއްގައި އަތުހަރު ދަންޖެހިފައި ވަނީ އޭނާ ބަންދުކޮށްފައި ހުރި ގޮޅީގައެވެ.

މިކަމާއި ގުޅިގެން ދިވެހި ފުލުހުން ދަނީ ތަހުގީގު ތަކެއް ކުރަމުން ކަމަށާއި އަތުހަރު މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް