ތިޔަދައްކަވާ ވާހަކަ ހިނދުކޮޅަކަށްވެސް ގަބޫލެއް ނުކުރަން:ޓްރޫޑޯ އާ ދިމާލަށް އާންމު މީހަކު

Loading

Facebook
Twitter
WhatsApp

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި ސްޓީލް ފެކްޓަރީއެއްގައި މަސައްކަތްކުރާ އާންމު މުވައްޒަފަކާދެމެދު ބަދަލުކުރެވުނު ވާހަކަ ކޮޅެއް ސޯޝަލްމީޑިޔާގައި ވައިރަލް ވެއްޖެއެވެ. ޓްރޫޑޯއާއި ގާތުން ބައްދަލްވީ ފަހަރަކު އެމީހާވަނީ ޓްރޫޑޯ ސަރުކާރުގެ ޕޮލިސީތަކުގެ ސަބަބުން އޭނަގެ އާއިލާއިން ޚަރަދުތައް ދެކޮޅު ނުޖެހިގެން އުޅެން ޖެހިފައިވާ ކަމަށް ދިމާލަށް ބުނެފައެވެ.

އޮންޓޭރިއޯގެ ސިޓީއެއްގައި ހިނގި މިހާދިސާގައި ޓްރޫޑޯ އެމީހާއަށް ޑޯނަޓްތަކެއް ދެއްވަން އުޅުއްވި ކަމަށް ވެއެވެ.ނަމަވެސް އެމީހާވަނީ އޭގައި ހިފުމަށް އިންކާރު ކޮށްފައެވެ. އަދި ސަރުކާރުން ޓެކްސް ބޮޑުކޮށްފައިވާތީއާއި ބޭސްފަރުވާގެ އަގުތައް އުފުލާފައިވާތީ އެކަމާ ޝަކުވާ ދެންނެވިއެވެ.

މިވާހަކަ އަށް ރައްދު ދެއްވަމުން، ބޮޑުކުރި ޓެކްސްގެ 25އިންސައްތަ ޚަރަދު ކުރެވޭނީ އާންމުމީހާގެ ވަޒީފާ ޔަގީން ކުރުމަށް ކަމަށް ޓްރޫޑޯ ވިދާޅުވެއެވެ.މިއާއެކު އާންމު މީހާ އަތުން 40 އިންސައްތަ ޓެކްސް ވެސް ނަގަމުންދާކަން އެމީހާ ހަނދާންކޮށްދިނެވެ.އެހެންކަމާއެކުވެސް ޑޮކްޓަރެއްގެ ޚިދުމަތްވެސް ހިލޭ ނުލިބޭކަން އޭނަފާހަގަކުރިއެވެ.

އޭގެ ޖަވާބުގައި ޓްރޫޑޯ ވިދާޅުވީ އާންމުމީހާގެ ވަޒީފާ އެތައް އަހަރެއްވަންދެންވެސް ޔަގީންވެފައި ބޭއްވުމަށް އަމާޒުކޮށް ސަރުކާރުން މަލްޓިމިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ރާވަމުން ދާކަމުގައެވެ. ނަމަވެސް އެމީހާ ބުނިކަމަށްވަނީ ތިޔަހެން ދައްކަވާ ވާހަކަ އެންމެ ހިނދު ކޮޅަކަށްވެސް ގަބޫލުނުކުރާ ކަމަށާ ޓްރޫޑޯ ވޯޓުން ބޭރު ކުރާނެ ކަމުގައެވެ.

އޭގެ ޖަވާބުގައި އިންތިޚާބްތަކުގެ ބޭނުމަކީ ތިއީކަމަށް ޓްރޫޑޯ ވިދާޅުވި ކަމަށް ވެއެވެ.އަދި އެންމެންވެސް ވޯޓުލުމުގެ ހައްގުގެ ބޭނުން ހިފުމަކީ އޭނާ އެދިވަޑައިގަންނަވާ ގޮތް ކަމަށާ،ހަމައެއާއެކު އާންމުމީހާގެ ހާލަތު ރަގަޅުކޮށްދީ ވަޒީފާ ޔަގީން ކޮށްދޭނެ ކަމަށް ތަކުރާރުކޮށް ޓްރޫޑޯ ވިދާޅުވިއެވެ.

ސިއްހީ ޚިދުމަތް ރަގަޅުކުރުމަށް ސަރުކާރުން ކޮށްދެމުންދާ ކަންތައް ޓްރޫޑޯ ފާހަގަ ކޮށްދެއްވަން ފެއްޓެވުމުން އެމީހަވަނީ ކެނެޑާގައި ވަޒީފާނެތް މީހުންނަށްވެސް ”އެފޯޑަބްލް ހެލްތުކެއާ“ ލިބޭލެއް މާފަސޭހަ ކަމަށް ބުނެފައެވެ.

ޓްރޫޑޯވަނީ ކެނެޑާގެ ގިނަ މީހުންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއްކަމަށާ އެކަން އެންމެންވެސް ކުރިޔަށް ގެންދަން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ”ގުޑް ލަކް“ އޭ ވިދާޅުވަމުން ސަލާމް ކޮށްލުމަށް އަތް ދިއްކޮލެއްވުމުން އެމީހާވަނީ ސަލާމް ކުރުމަށްވެސް ދެކޮޅު ހަދާފައެވެ.

މައުލޫމާތު : ވިއޯން ޗެނެލް  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް