މަރުވާން ފުންމާލި ޒުވާނާ ގޮސް ވެއްޓި ޖެހުނު މީހާވެސް މަރު

Loading

Facebook
Twitter
WhatsApp

ޖަޕާނުގެ ޔޮކޮހާމާގައި ޒުވާން އަންހެން ކުއްޖަކު އަމިއްލަޔަށް މަރުވުމަށްޓަކާ އުސް އިމާރާތަކުން ފުންމާލި ވަގުތު ވެއްޓި ޖެހުނީ އެވަގުތު އެތަން ހުރަސްކުރަމުން ދިޔަ އަންހެނެއްގެ ގައިމައްޗަށެވެ. ދެއަންހެނުންވެސް ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ދެމީހުންވެސް ވަނީ މަރުވެފައެވެ.

އުމުރުން 17 އަހަރުގެ، ހައިސްކޫލްގައި ކިޔަވަމުންދާ ޒުވާން އަންހެން ކުއްޖާ ފުންމާލާފައިވަނީ ކާރޫބާރޫ ބޮޑު ޝޮޕިން ސަރަހައްދެއްގައި ހުރި އިމާރާތެއްގެ މަތިންނެވެ. އޭނަވެއްޓި ޖެހިފައިވަނީ ހޮނިހިރު ދުވަހުގެރޭ ރައްޓެހިންތަކަކާއެކު މަޖާކޮށްލުމަށް ނިކުމެއުޅުނު އުމުރުން 32 އަހަރުގެ އަންހެނެއްގެ ގައިމައްޗަށެވެ.އެތާގަޑިން އިރުއޮއްސި 6ޖަހާއެހާއިރު ހިނގި ހާދިސާގައި ހޮސްޕިޓަލް އަށް ގެންދިޔަތާ ގަޑިއެއްހާއިރު ތެރޭ ކިޔަވާކުއްޖާވަނީ މަރުވެފައެވެ.އަދި އަންހެންމީހާވެސް އޭގެ ފަހުން މާގިނައިރެއްނުވެ ވަނީ މަރުވެފައެވެ.

ކިޔަވާކުއްޖާ އަމިއްލަޔަށް މަރުވިސަބަބު ނޭގޭ ކަމަށްވެއެވެ.ނަމަވެސް ޖަޕާނުގައި އެހެން އެއްވެސް ދުވަހަކަށްވުރެ ސެޕްޓެމްބަރ 1ވަނަ ދުވަހު އަމިއްލަޔަށް މަރުވާ ޒުވާނުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ކަމަށް ރަސްމީ ހިސާބުތައް ދައްކައެވެ.މިގޮތުން މިދިޔަ އަހަރުވެސް ސެޕްޓެމްބަރ1ވަނަ ދުވަހު 513 ކުދިން އަމިއްލަޔަށް މަރުވެފައިވާ ކަމަށް ދައްކައެވެ. މިދުވަހު ކިޔަވާކުދިން މަރުވަނީ ކޮންމެވެސް ސަބަބަކާހުރެ ކުރިޔަށް އޮތް ސްކޫލް ޓަރމް އާ ކުރިމަތި ނުލާންވެގެން ކަމަށް ވެއެވެ.

މައްސަލަ ހައްލުކުރުމަށްޓަކާ ފަހަކަށް އައިސް ކަމާބެހޭ އިދާރާތަކާ މީޑިޔާ ގުޅިގެން ވަނީ ކެމްޕެއިންތައްވެސް ފަށާފައެވެ. މިގޮތުން ”އޮގަސްޓް 31 ވަނަ ދުވަހުގެރޭ“ މިނަމުގައި ޓްވިޓަރގައި ވެސްވަނީ ކެމްޕެއިންއެއްފަށާފައެވެ.

ކުދިން ކިޔެވުން ކުރިޔަށް ގެންދަން ބޭނުންނުވާ ސަބަބު ތަކުގެ ތެރޭގައި އާއިލީ ޕްރެޝަރ،ރައްޓެހި ރަހުމަތްތެރިންނާ ދެމެދު ޖެހޭ މައްސަލަތައް، އަދި ބުލީ ކުރުންފަދަ ކަންތައް ހިމެއެވެ.   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް