ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖްތިމާޢީ މައްސަލައަކީ މަސްތުވާތަކެތި

Loading

Facebook
Twitter
WhatsApp

 ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖްތިމާޢީ މައްސަލަ އަކީ މަސްތުވާ ތަކެތީގެ މައްސަލަ ކަމަށް ބައެއް ތަޖުރިބާކާރުން ލަފާކުރެއެވެ. ރާއްޖޭގެ ޒުވާނުން މަސްތުވާތަކެތީގެ ދަލުގައި ޖެހި މަސްތުވާތަކެތި ވިއްކުމާއި ބޭނުން ކުރުމުގައި ބައެއް ބެލެނިވެރިންގެ ދައުރު އެކުލެވިފައިވާކަމީ މަސްތުވާތަކެތީގެ ވަބާގައި ޖެހެމުންދާ ޒުވާނުން އިތުރުވަމުންދިއުމުގެ އެއްސަބަބެވެ.

  ބައެއް ޒުވާނުން ސްކޫލް ދައުރުން ފެށިގެން ރާއްޖޭގައި ޙަރަކާތްތެރިވަމުން އަންނަ ކޮންމެވެސް ގޭންގެއް ކުއްޖަކަށް ވުމަށް މަސައްކަތް ކުރަމުން .ދެއެވެ

އެގޮތުން މިފަދަ ބައެއް ކުދިން އެ ކުދީންގެ ކުލާހުގެ ބައެއް ދަރިވަރުންނަށް ބިރުދެއްކުމުގެ ގޮތުން ކޮންމެވެސް ގޭންގެއްގެ ނަން ބުނެ އެދަރިވަރަކީ އެބުނާ ގޭންގަކަށް ނިސްބަތްވާ ކުއްޖެއްކަމަށް ވަރަށް ފަޚުރުވެރި ކަމާއެކު ބުނާ ކަމަށްވެއެވެ.

އެހެނަސް އެ ދަރިވަރަކީ އެއްވެސް ގޭންގަކުން ބަލައިގެންފައިވާ ޙަގީގީ ގޭންގު މެންބަރެއް ނޫނެވެ. އެކަމަކު އެދަރިވަރު ކްލާހުގެ ދަރިވަރުންގާތުގައި އެހެން ބުނަން ބޭނުންވަނީ އެ ދަރިވަރަކީ ގޭންގުތަކުން އެ ހިންގާ ނޭދެވޭ އެންމެހައި ނުރައްކާތެރި ޖަރީމާ ތައްހިންގާން ކެރޭ ކުއްޖަކަށް ވުމުގެ ޝައުގުވެރިކަން އެދަރިވަރުގެ ހިތުގައި އުފެދިފައިވާތީއެވެ.

 ގިނަ ބެލެނިވެރިން އެބައިމީހުންގެ ދަރިން ބަލާބޮޑު ކުރަނީ އެކުދިންގެ އަޚުލާގާ އަދި އެކުދިން އުޅެން ބޭނުންވާ ގޮތްތައް  ގާތުންބެލުމެއްނެތި އެއްވެސް ގާތް ގުޅުމެއްބާއްވައިގެނެއް ނޫނެވެ. އަދި ކުރީޒަމާނުގައި ހެން މައިންބަފައިން އެބައިމީހުންގެ ދަރީން ގޭގައި ހިފަހައްޓާ ވިޔާނުދާ ކުދީންނާއެކުގައި އުޅުމުގެ ފުރުޞަތުނުދީ ބެލެހެއްޓި ނަމަވެސް މިހާރު އެ އާދައުވި ސްކޫލުންގެއަށް އައުމާއެކު ކުރިމިނަލް މައިންޑު ހުންނަ އިސްވެދެނެވިފައިވާ ފަދަ ކުދީން ޔުނީފޯމު ބަދަލުކުރުމަށްފަހު އަވަސް ވެގަންނަނީ މިފަދަ ރައްޓެހިކުދިންގެ ގާތަށް ދިއުމަށެވެ.

މައިންބަފައިން ނުވަތަ ބެލެނިވެރިން މިކަންކަން ހުއްޓުވަން މަސައްކަތެއް ނުކުރެއެވެ. އެހެންކަމުން ކިޔެވުން ދައްވެ އަހަރު ނިމިގެންދަނީ އެ ދަރިވަރު ހިމެނޭ ކުލާހުން ފާސްނުވެއެވެ. މިފަދަ ކުދީން ސްކޫލުން ފާސްނުވުމުން ސްކޫލުން ވަކިވެސް ކުރަނީއެވެ. އެފަދަ ދަރިވަރުގެ މުސްތަގުބަލާ މެދު ސްކޫލްތަކުން ވިސްނާ ދަރިވަރުންނަށް އިތުރު ފުރުޞަތެއްދޭ ތަނެެއްވެސް ނުފެނެއެވެ.އަދި ސްކޫލްތަކުން މިފަދަ ދަރިވަރުން ފާހަގަކޮށް އެދަރިވަރުންގެ މުސްތަގްބަލާމެދު ސަމާލުކަންދީ ނަޞޭހަތްތެރިވެ ރަނގަޅުމަގު އެ ދަރިވަރުންނަށް ދައްކާދޭތަނެއްވެސް ނުފެނެއެވެ.

 މީގެ އިތުން ބެލެނުވެރިންގެތެރޭގައި ހިމެނޭ ގިނަ ބެލެނިވެރިންވެސް އެކުދީންގެ މުސްތަގްބަލާމެދު ވިސްނާ ފިކުރުކޮށް އިތުރަށް ކިޔަވައިދިނުމަށް މަސައްކަތް ކުރާކަށްވެސް ނޫޅެއެވެ. އެހެންކަމުން މިފަދަ ޒުވާނުން ވެގެން ދަނީ މަސްތުވާތަކެތީގެ ޝިކާރައިންނަށެވެ. އަހިވަހަކާ ޖެހި އަހިވަށް ފާވާ ބީދައިން ވިޔާނުދާ ރައްޓެހީންގެ ބަސް ގަބޫލުކޮށް މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަން ފަށަނީއެވެ. މައިންބަފައިންނަށް މިކަންކަން އެނގޭއިރު އެޒުވާނާ އޮންނަނީ އެކަމަށް ދެވިހިފާ ސަލާމަތް ނުވާހިސާބަށް ގޮސްފައެވެ

އެންމެފަހުން މަސްތުވާތަކެތީގެ މައްސަލައިގާ އެދަރިވަރު ލަނީ ޖަލަށެވެ. އަދި ގާނޫނުތައްވެސް ފަރުމާކޮށްފައިވަނީ ޒުވާނުންގެ މުސްތަގުބަލް ވީނާވެ ނާއުންމީދުވާ ފަދަ ގޮތަކަށެވެ. ކުރާ ހުކުމް ބޮޑުވާތީ މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ޒުވާނުން މަދެއްވެސް ނުވެއެވެ. މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން މުޖުތަމަޢު ގަބޫލު ކުރާ ރަނގަޅު ކުދީންނަށް ހެދުމުގެ ނަމުގައި ބޮޑު އަދަބުދިނުމަކީ ތަންދޮރުދަން ހެޔޮވިސްނޭ ބަޔަކު ކުރާން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ.

      ދެރައީ މިފަދަ ޒުވާނުންނަށް މުޖުތަމައުންވެސް އަދި މައިންބަފައިންވެސް އިޙުތިރާމާއި ލޯބި ނުދޭ ކަމެވެ. ވިޔާނުދާ ގޯސް ޢަމަލު ހުއްޓުވަން އަދަބުދިނުމަކީ އެފަދަ ކަންކަން ރަނގަޅުވާނޭ ގޮތެއް ނޫނެވެ. އަދި މައިން ބަފައިންވެސް މިފަދަ ޒުވާނުން ބާކީކޮށް ޢާއިލާއިން ދޭންޖެހޭ ލޯތްބާ އަޅާލުން ނުދީ އެ ޒުވާނުން ގެެއިންވެސް ބޭރުކޮށްލަނީއެވެ.

     އެހެން ކަމުން މަސްތުވާތަކެތި ބޭނުންކޮށް އެތަކެތިވިއްކައިގެން ދިރިއުޅުން ބިނާކުރަން އުޅޭ ޒުވާނުން މުޖުތަމަޢު ބަލައިގަނެ އެޒުވާނުންނަށް ލޯތްބާ އަޅާލުންދީ ރަނގަޅު ބަޔަކަށް ހެދުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރަން އެބަޖެހެއެވެ. ގޯސްކޮށް އުޅޭ މީހުންއަދަބު ދީގެން ރަނގަޅެއް ނުކުރެވޭނެއެވެ. އަދި އެފަދަ މީހުން ބާކީކޮށް އެކަހެރި ކޮށްގެން ވެސް ރަ ގަޅެއް ނުކުރެވޭނެއެވެ.

    އިންސާނުން ތަޢުލީމް ޙާޞިލް ކުރަނީ އެކަމުގެ ސަބަބުން ޖަމާޢަތަށް ފައިދާކުރަނިވި ކަންކަން ކުރުމަށްޓަކައެވެ. އަނިވެރިވާކަށް ނޫނެވެ. އިސްލާމް ދީނަކީ އޯގާވެރިކަމާއެކު ސުލްހަ ދަމަހައްޓާ މަތިވެރި އަޚުލާގުގެ ދީނެވެ. އިންސާނުންނަށް ނަޞޭހަތްތެރިވެ ލޯތްބާއެކު މުޢާމަލާތު ކުރާ ދީނެވެ. ޚުލްގުހެޔޮ ހެޔޮލަފާ އިންސާނުން ބިނާކުރާ ދީނެވެ. އިންސާނަކު ގޯސްމަގަކުން ދަތުރުކުރާނަމަ އެ އިންސާނާ ތެދުމަގަށް ރުޖޫޢަކޮށް ހޮޔޮގޮތް ވިސްނައިދީ ނަޞޭޙަތްތެރިވާ ދީނެވެ.

    ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލެވެ. އެހެން ކަމާއެކު ކުށުގެވެށިން ޒުވާނާނެރެ ޒުވާނާއަށް ހޮޔޮނުބައި ވަކިކޮށް ދިނުމަކީ މުސްލިމް އުންމަތެއްގެ އެންމެ ބޮޑު އެއްވާޖިބެވެ.

     ކަންއޮތީ މިހެންނެވެ. އެހެނެއްކަމަކު ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކާ ރައްޔިތުން ހޮވާ ސަރުކާރުގެ ތެރޭގައި ވައްކަން ކުރާމީހުނާއި އަދި އެހެންމީހުންލައްވައި ވައްކަން ކުރުވާ މީހުނާއި މަސްތުވާތަކެތި އެތެރެކޮށްދޭ މީހުނާއި ގޭންގުތައް އުފައްދާ މީހުނާއި އަދި އެގޭންގް ތައް ރެކުރޫޓުކުރާ މީހުނާއި ގޭންގްތަކަށް މަސްތުވާތަކެތި ދީގެން އެތަކެތި ވިއްކުވާ މީހުނާއި މިހެންގޮސް އަމިއްލަ ފައިދާ އަށްޓަކައި ގައުމެއް ފަނާކުރަން ޖެހިލުންުވާ މީހުން ތިބެގެން އިސްލާމީ އުންމަތުގެ ކަރާމާތް ދެމެހެއްޓޭނީ ކިހިނެއްހެއްޔެވެ.

     ގިނަމީހުން ބޭނުންވަނީ ކޮންމެފަދަ ޖަރީމާއެއް ހިންގައިގެން ވިޔަސް މަހުޖަނަކަށްވާށެވެ.  މި މުސްލިމް އުންމަތުގެ ސިފަގެއްލި ޣައިރު މުސްލިމް އުންމަތެއް ގެ ސިފަޖެހިގެން އެދަނީ ހަދާ ގާނޫނުތަކުގެ ދޯހަޅިކަމާ އެގާނޫނުތަށް ތަންފީޒުކުރަން ތިބޭމީހުންގެ ނުލަފާ ޖައްބާރު ކަމުގެ ސަބަބުން ދެމެންފަށާފައެވެ. ކިތަންމެ ގާނޫނުތަކެއް ހެދިޔަސް ﷲ އަށަ ބިރުވެތިނުވާ ޝައިތާނީ ޢަމަލުތަކަށް ލޯބިކުރާ މީހުން ޢަދުލު އިންޞާފު ގާއިމްކުރަން ތިބިހާ ދުވަހަކު މިގައުގެ ކަންކަން އިތުރަށް ގޯސްވުން ނޫން އެހެން ކަމެއް ނުވާނެއެވެ.

      އެންމެ ފުރަތަމަ އިސްލާޙުވާންވީ އިންސާނާއެވެ.

އެއަށްފަހު ނޫނީ އެއިންސާނާގެ ކިބައިން ރަނގަޅު އެހެން އިންސާނަކު ނުނިކުންނާނެއެވެ. ޖަނަވާރުންގެ ހަމަތައް ބޭނުންކުރާ ބަޔަކު ވެރިންގެ ތެރޭގައި ތިބެގެން އިސްލާމީ ގައުމެއްގެ ސިފަ ޖެއްސޭނެ ގޮތެއް ބުނެދީބަލާށެވެ. އަމުރު ކުރަން ބޭނުންވާނަމަ އަމުރަށް ކިޔަމަންވާން ދަސްކުރަން ޖެހެއެވެ. އިންސާނަކު ހެޔޮމަގަށް ރުޖޫޢަކުރެވޭނީ ހެޔޮމަގުގައި ހުރިމީހަކަށެވެ. އެހެން ކަމާއެކު މި ގައުމުގެ ތިންބާރުގައި ހިމެނިވަޑައިގަންނަވާ އެންމެހައި އިސް ވެރިން އިސްލާޙު ކުރާށެވެ. އެއަށްފަހު ރައްޔިތުން އިސްލާހުކުރަން ގާނޫނު ހައްދަވާށެވެ..

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް