އީރާންގެ މަދަދު ލިބޭ ލެބަނީސް ހިޒްބުﷲ އިން ހަފްތާބަދުގައި އިސްރާއިލާ ދެކޮޅަށް ދިން ޑްރޯން ހަމަލާތަކަށް ފަހު އެމެރިކާއިން މެދުއިރުމަތީގައި އިތުރު ހަނގުރާމަމަތީ މަނަވަރުތަކާއި އެއާކްރާފްޓް ކެރިއަރ މަނަވަރުތައް ރުކުރުވާލައިފި އެވެ. މިގޮތުން، ކުރިންވެސް އެސަރަހައްދުގައި އޮތް ބިޔަ ކެރިއަރު ތިއެޑޯ ރޫސްވެލްޓް ބާއްވާނެ މުއްދަތު އިތުރުކުރުންވެސް ހިމެނެއެވެ.
ރޫސްވެލްޓާއި އެކުއެކީ އިތުރު ކެރިއަރަކާ ހަނގުރާމަ މަތީ މަނަވަރުތައް ފޮނުވުމުގެ މާނަޔަކީ ސަރަހައްދީ ބޮޑު ހަބގުރާމައެއް ފެށިއްޖެ ހިނދެއްގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ކުރާއަމުރަކަށް މަނަވަރުތައް ތައްޔާރަށް އެބަތިބި ކަމެވެ.
ތިއެޑޯ ރޫސްވެލްޓް މެދުއިރުމަތީގައި ހަރަކާތްތެރިވަނީ މިދިޔަ ޖޫންމަހުގެ ކުރީކޮޅުން ފެށިގެންނެވެ. އެއަށްފަހު ދެވަނަ ކެރިއަރ ”އެބްރަހަމް ލިންކަން“ ފޮނުވާފައިވަނީ މިދިޔަހަފްތާގައެވެ. މިކަން ވަނީ ސެކްރެޓަރީ އޮފް ޑިފެންސް ލޮއިޑް އޮސްޓިން ވެސް ވަނީ ޔަގީން ކޮށްދެއްވާފައެވެ.
އެމެރިކާގެ އަސްކަރީ މަނަވަރުތައް އެހިސާބުގައި އިތުރު ކުރަމުން ދަނީ އިސްރާއިލާއި އީރާނާއި ދެމެދު ފެށިދާނެ ވަރުގަދަ ހަނގުރާމައެއް ފެށުނަ ނުދިނުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކުގެ އިތުރުން ފައިޓަރ ޖެޓް ސްކްއޮޑްރަން އާއި އިތުރު މިލިޓަރީ އެސެޓް ވެސް ވަނީ މިހާރު މެދުއިރުމައްޖަށް ޖަމާކޮށްފައެވެ.މީގެ ތެރޭގައި ބެލިސްޓިކް މިސައިލް ސަބްމެރީން ވެސް ހިމެނެއެވެ.
މެދުއިރުމަތީގެ މަޝްރަހް މިހާ ހޫނުވެފައިވަނީ އިސްރާއިލުން ލުބްނާންއަށާ އީރާންއަށް ދާދިފަހުން ދިން ހަމަލާތަކަށް ފަހުއެވެ.އީރާނަށް ދިން ހަމަލާގައިވަނީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލާފައެވެ. ރައްދުގައި ލުބްނާނުން ވެސްވަނީ 230 ރޮކެޓް ހަމަލާ އިސްރާއިލަށް އަމާޒު ކޮށްފައެވެ.
އެމެރިކާއިން މިހާ ވަރުފަދަ ފައުޖެއް މެދުއިރުމައްޗަށް ފޮނުވީ އީރާނާ ދެކޮޅަށް ބޭނުން ކުރުމަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެއީ އީރާނާ ދެޅަށް،އިސްރާއިލުގެ ހިމާޔަތުގައި ޖަމާކޮށްފައި ހުރިހާ ހަތިޔާރެވެ. އީރާނުގެ މިލިޓަރީ ހައިބަތު މިކަމުން ދައްކާދެއެވެ.