ރާޖޭޝް ކަންނާގެ ފަރާތުން ދުވަހަކުވެސް އަހަރެންނަށް ތައުރީފުގެ ބަހެއް ނުލިބޭ:ޑިމްޕަލް

Loading

Facebook
Twitter
WhatsApp

ކުރީގެ ސުޕަސްޓާ ރާޖޭޝް ކަންނާގެ ފަރާތުން ދުވަހަކުވެސް އޭނާއަށް ތައުރީފުގެ ބަހެއް ނުލިބޭކަމަށް ޑިމްޕަލް ކަޕާޑިއާ ބުނެފިއެވެ. ރާޖޭޝް ކަންނާ އާއި ޑިމްޕްލް ކަޕަޑިއާ ކައިވެނި ކުރީ 1973 ވަނަ އަހަރު އެވެ.

ރާޖޭޝް ކަންނާއާއި ޑިމްޕަލް ކައިވެނި ކޮށްފައި ވަނީ ޑިމްޕަލްގެ އުމުރުން 15 އަހަރުގައެވެ. އޭރު ރާޖޭޝް ކަންނާގެ އުމުރުން 31 އަހަރެވެ. އޭގެ ގާތްގަނޑަކަށް ދިހަ އަހަރު ފަހުން، 1980 ގެ އަހަރުތަކުގެ ކުރީކޮޅު، އެދެމަފިރިންގެ ދެ އަންހެން ދަރިން ކަމަށްވާ ޓްވިންކަލް ކަންނާއާއި އާއި ރިންކޭ ކަންނާއާއެކު ރާޖޭޝް ކަންނާ ވަނީ ޑިމްޕަލް ވަރިކޮށްލާފައެވެ.

  އެގޮތުން 1987 ވަނަ އަހަރު ސްކްރީން މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ސުޕަސްޓާ ރާޖޭޝްއާއެކު ހޭދަކުރި ދިރިއުޅުމާ މެދު ޑިމްޕަލް ވަނީ ވާހަކަދައްކާފައެވެ.

ޑިމްޕްލް އަބަދުވެސް ހުރީ އޭނާގެ ފޭނުންނާއި ސަޕޯޓަރުން ލޯބިން ކަކާގެ ނަމުން  ނަންދީފައިވާ މަޝްހޫރު ސުޕަސްޓާ ރާޖޭޝް ކަންނާދެކެ ބިރުން ކަމަށް ބުނެފައި ވެއެވެ.

ޑިމްޕަލް ދިޔަ ކޮންމެ ތަނަކުންވެސް އޭނާއަށް ކިޔައިދިނީ އޭނާއަކީ ދުނިޔޭގެ އެންމެ ރީތި އަންހެނާ ކަމަށާއި އެކަމަކު ދުވަހަކުވެސް ރާޖޭޝްގެ ފަރާތުން ތައުރީފުގެ ބަހެއްވެސް ނުލިބޭ ކަމަށް ޑިމްޕަލް ވަނީ ބުނެފައެވެ.

އަދި ”ބެލެވޭގޮތުގައި އޭނާއަށް އަހަރެން ފާހަގަ ކުރެވިފައެއް ނުވޭ“ ޑިމްޕަލް ބުނެފައި ވެއެވެ. ޑިމްޕަލް ވަނީ އޭނާ އަބަދުވެސް ރާޖޭޝްކަންނާގެ ފަރާތުން ކޮންމެވެސް ރިއެކްޝަނަކަށް އިންތިޒާރު ކުރި ކަމަށާއި ނަމަވެސް ދުވަހަކުވެސް އެކަން ފާހަގަކޮށްފައި ނުވާ ކަމަށް ބުނެފައެވެ. ޑިމްޕަލްގެ ހުރިހާ ހަކަތައެއް ހޭދަވީ ރާޖޭޝް ބޭނުންވާ ކަންތައްތައް ކުރުމަށާއި އޭނާގެ ރުހުން ލިބޭނެ ކަމަށް ލަފާކުރުމުގައި ކަމަށްވެސް ބުނެފައި ވެއެވެ.

ރާޖޭޝް ކަންނާއާއި ވަކިވުމަށްފަހު ޑިމްޕްލް އަނެއްކާވެސް މަންމަ ގާތު ދިރިއުޅެން ބަދަލުވިއެވެ. ޖައިޕޫރުގައި ބޭއްވި އިވެންޓެއްގައި އޭނާ ވަނީ ދޮށީ އަންހެން ދަރިފުޅު ޓްވިންކަލް ކަންނާ ނެގި ޒިންމާއަށް ތައުރީފުކޮށްފަ އެވެ. ރާޖޭޝް އާއި ވަކިވިއިރު އޭނަގެ ހުރިހާ ކުދިންނަކީ ވެސް ހަތް އަހަރުގެ ކުދިން ކަމަށާއި ނަމަވެސް އުމުރުގެ ޅަކަން ފާހަގަކޮށް ޓްވިންކަލްގެ މެޗުއާރިޓީ ފާހަގަކޮށް ޓްވިންކްލް ހަމައެކަނި ބޭނުންވީ އޭނާގެ ހުރިހާ ކަމެއް ރަނގަޅުތޯ ބަލަން ކަމަށް ޑިމްޕަލް ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް