ދިވެހިރާއްޖޭގައި އުމުރުން ސާޅީސް ވުމުން….

Loading

Facebook
Twitter
WhatsApp

ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ( ދިވެހިރާއްޖޭގެ މިނިވަން ކަމުގެ ބަޠަލު) 26 ޖުލައި 1965 ގައި ދިވެހިރާއްޖެ މިނިވަން ކުރެއްވީ ވަރަށްވެސް ފޮނި އުންމީދު ތަކެއްގައެވެ. އެކިލެގެފާނު ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސް ކުރެއްވުމަށް އެތަކެއް މަސައްކަތެއް ކުރެއްވިއެވެ. އެގޮތުން ދެކުނު އޭޝިއާގެ އެއްވެސް ޤައުމެއްގައި ކުލަޓީވީގެ ޚިދުމަތް ނެތީސް 1978 ގައި ދިވެހިރާއްޖޭގައި ކުލަޓީވީގެ ޚިދުމަތް ފެށްޓެވިއެވެ.

ބޭރުގެ ތަޖުރިބާކާރުން ދިވެހިރާއްޖޭގައި ޓުއަރިޒަމް ނުވަތަ ފަތުރުވެރިކަން ނުހިނގާނެކަމަށް ލަފާ އަރުވާފައި ވަނިކޮށް އަމިއްލަފުޅަށް ދިވެހިރާއްޖޭގައި 1972 ގައި ޓުއަރިޒަމް ފެށްޓެވިއެވެ. ދިވެހިރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދިނުމަށް ކޭބަލް އެންޑް ވަޔަރލެސް ކުންފުންޏާއެކު އެއްބަސްވުމަކަށް އާދެވުނެވެ. ކުވޭތު ފަންޑުގެ އެހީތެރިކަމާއެކު ހުޅުލޭގައި ޤާއިމްކުރެވުނު ބައިނަލްއަޤްވާމީ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ފެށުނެވެ.

ނަމަވެސް ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާގެ ރައީސްކަމުގައި، ރައީސް މައުމޫން ވެރިކަމުގެ ދަހިވެތިކަމުގައި ކުރަމުން އައިކަންތައްތައް ގިނަވާން ފެށުމުން ތިންވަނަ ދައުރަކަށް ކުރިމަތި ނުލައްވާން ޤަސްދުކޮށް ވެރިކަމުގެ ކަންކަމުން ދުރަށް ޖެހިވަޑައިގަތެވެ.

އޭގެ އެތަށް އަހަރުތަކެއް ފަހެވެ. ހުޅަނގުގެ ފިކުރަށް ތަބާވެފައިވާ މިހާރުގެ ”ގިނަ“ ސިޔާސީ ބޭފުޅުން ދިވެހިރާއްޖެއަށް ޑިމޮކްރެސީ ގެނެސްފިއެވެ. ޑިމޮކްރެސީގައި މިއުޅެނީ އެއްގެއްގައި އެކަކު އަނެކަކާ ވާހަކަ ނުދެއްކި ގެންނެވެ. ވަރަށްވެސް ހިތާމަވެރި ހިސާބަކަށް ޤައުމުގެ ޙާލަތުވަނީ ގޮސްފައެވެ.

ދިވެހީންގެ ތެރޭގައި އޮތް ޤައުމިއްޔަތާއި އަދަބު އިޙުތިރާމް ދިވެހިރާއްޖޭގެ އަސްދަނޑިން ބޭރަށް ގޮސް ނިމިއްޖެއެވެ. ދިވެހިރާއްޖޭގައި ހުޅަނގުގެ ގޮތްތައް އިންދާ ރޯކޮށް ނިންމައިފިއެވެ. ދައުލަތުގެ ނިޒާމްތައްވެސް ހުޅަނގުގެ މަގުން ހިނގާން ފަށައިފިއެވެ. ސިވިލް ސަރވިސް އަދި އެހެނިހެން ވަޒީފާތަކަށްވެސް މީހުންގެ އުމުރުވެސް ކަނޑައެޅިގެން ގޮސްފިއެވެ. އުމުރުން 40 (ސާޅީސް) ވީމާ ސިވިލް ސަރވިސް ވަޒީފާތައް ލިބުން ސިއްކަ ޖަހައިފިއެވެ. އަނެއްކޮޅުން އުމުރުން 65 (ފަސްދޮޅަސްފަހެއް) ވީމާ ސަރުކާރުން ޕެންޝަންގެ ގޮތުގައި ކޮންމެ މީހަކަށް /5000ރ (ފަސްހާސްރުފިޔާ) ދެމުން އެބަދެއެވެ. ނަމަވެސް ހިތާމައަކީ އުމުރުން 40 (ސާޅީސް) ވީމާ ވަޒީފާ އެއް ނުލިބި އުމުރުން 65 (ފަސްދޮޅަސްފަހެއް) ވަންދެން އެތައްބަޔަކު ކިޔުގައި މިހާރު ތިބެން ޖެހޭކަމެވެ.

ދާދި އިހަށް ދުވަހު ސިންގަޕޫރުގެ ބޮޑުވަޒީރު އެ ޤައުމުގެ ދޮށީ އުމުރުގެ މީހުނަށް އަދި ޚާއްޞަކޮށް ވަޒީފާނެތިފައި ތިބޭ ފަރާތްތަކަށް ވަނީ މާލީ ޕެކޭޖްތަކެއް ތައާރަފު ކޮށްފައެވެ. ސިންގަޕޫރުގެ އާބާދީއަކީ ފަސްމިލިއަނަށްވުރެ ގިނަ މީހުނެވެ. ދިވެހިރާއްޖޭގައި މިއުޅެނީ މިލިއަނެއްގެ ދެބައިކުޅަ އެއްބައެވެ. ދިވެހިރާއްޖޭގެ އުމުރުން 40 (ސާޅީސް) ވީމާ މިހާރު ވަޒިފާ ލިބުމަކީ ނާދިރު ކަމެކެވެ.

ބައެއް ފަހަރު ހިތަށް އަރަނީ އުމުރުން 40 (ސާޅީސް) ވީމާ ދިވެހީންނަށް ނުވަނީ ބާއެވެ. ދިވެހިރާއްޖޭގެ ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކުން މިކަމާ ވިސްނާކަށް ނުވޭތޯއެވެ؟

Loading

2 Responses

  1. ؟އޮނަރަބަލް ނާޞިރު ކުރެއްވި މުހިންމު ކަންތަކުގެ ތެރޭގައި، ރާއްޖޭގައި ރޭޑިއޯ ބްރޯޑްކަސްޓިންގ ފެއްޓެވި ވާހަކަ ނެތުމުން ހިތާމަ އާއިއެކު އެވާހަކަ ލިޔެލީމެވެ. ޓެލެވިޒަން އަށްވުރެ ކުރިން ތަޢާރަފު ކުރެއްވީ ރޭޑިޔޯއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް