އިރާގުގެ އިސްލާމިކް ރެސިސްޓެންސް ގްރޫޕުން އިޒްރޭލުގެ ހައިފާ ބަނދަރަށް ޑްރޯން ހަމަލާއެއް ދީފި

Loading

Facebook
Twitter
WhatsApp

އިރާގުގެ އިސްލާމިކް ރެސިސްޓެންސް ގްރޫޕުން އިޒްރޭލުގެ ހައިފާ ބަނދަރަށް ޑްރޯން ހަމަލާއެއް ދީފި އެވެ.

އެ ގްރޫޕުން އަންގާރަ ދުވަހު ބަޔާނެއް ނެރެ، ބުނީ ހޯމަ ދުވަހުގެ ރޭ އިޒްރޭލުގެ ހައިފާ ބަނދަރަށް ހަމަލާއެއް ދީފައިވާކަން އިއުލާންކޮށްފަ އެވެ.

އެ ގްރޫޕުން ވަނީ ޑްރޯންތައް ބޭނުންކޮށްގެން ހައިފާ ބަނދަރަށް ހަމަލާދީފައެވެ.

އިރާގުގެ އިސްލާމިކް ރެސިސްޓެންސް އިން އިޒްރޭލަށް ހަމަލާތައް ދެމުން އަންނަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު ފަލަސްތީނަށް އަމާޒުކޮށް ނަސްލު ނައްތާލުމަށް ހިންގަމުންދާ ޖަރީމާތަކާއި ގުޅިގެންނެވެ.

މީގެ އިތުރުން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާއި ގުޅިގެން ވޮޝިންޓަނުން ދިން ތާއީދުގެ ބަދަލު ހިފުމުގެ ގޮތުން އިރާގާއި އަވަށްޓެރި ސީރިއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް ރެސިސްޓެންސް އިން އަންނަނީ ހަމަލާދެމުންނެވެ.

ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކާ ދެކޮޅަށް އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އޮޕަރޭޝަން އަލް އަގްސާ ސްޓޯމްގެ ނަމުގައި ފަލަސްތީނުން އިޒްރޭލަށް ހަމަލާ ދިނުމުން އިޒްރޭލުން ދަނީ ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް އަނިޔާވެރި ޖަރީމާތައް ހިންގާ ހޮސްޕިޓަލްތަކާއި ގެދޮރުތަކާއި މިސްކިތްތައް ސުންނާފަތި ކުރަމުންނެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 40،000 އިން މައްޗަށް އަރާފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް