ތާޕްސީގެ ދިރިއުޅުމުގެ ކަންކަން "ޕްރައިވެޓް" ކޮށް ގެންގުޅެނީ ކީއްވެކަން ބުނެދީފި

Loading

Facebook
Twitter
WhatsApp

ބޮލީވުޑްގެ މަޝްހޫރު ތަރި ތާޕްސީ ޕަންނޫގެ ދިރިއުޅުމުގެ ކަންކަން ”ޕްރައިވެޓް“ ކޮށް ގެންގުޅެނީ ކީއްވެކަން އޭނާ ހާމަކޮށްފިއެވެ.

އޭއެންއައި އަށް ދާދިފަހުން ތާޕްސީ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އަބަދުވެސް ގަބޫލު ކުރަނީ އޭނާގެ އަމިއްލަ ދިރިއުޅުން ”ޕާސަނަލް“ ކޮށް ބަހައްޓަންޖެހޭ ކަމަށެވެ.

މި އިންޓަވިއުގައި ތާޕްސީ ވަނީ ފިލްމީ ދާއިރާގައި ކުރި ދަތުރާއި ހޯދި ކާމިޔާބީ ތަކާއި، ޑެންމާކުގެ ކުރީގެ ބެޑްމިންޓަން ތަރި މަތިއަސް ބޯއާ ކައިވެނި ކުރި ގޮތާއި، ޕެރިސް އޮލިމްޕިކްސްގައި އޭނާ ކުރި ތަޖުރިބާއާ ބެހޭ ގޮތުން ވާހަކަދައްކާފައެވެ.

މި އަހަރުގެ މާޗު މަހުގެ 24 ވަނަދުވަހު އޭނާ ކުރި ކައިވެނީގެ ވާހަކަތައް މީޑިއާއާ ހިއްސާ ނުކުރި ސަބަބުތައް ވެސް ވަނީ ކިޔައިދީފައެވެ.

އެގޮތުން ”އަހަރެންގެ ކައިވެންޏާއި ބެހޭގޮތުން ވާހަކަތައް އާންމުވުން އެއީ ގަޔާވާ ކަމެއް ނޫން“ ތާޕްސީ ކިޔައިދިނެވެ. މީގެ ކުރިން އޭނާގެ މަސައްކަތަށް އަމިއްލަ ދިރިއުޅުމާ ބެހޭ ސުރުޚީތަކުން ހިޔަނި އަޅާފައިވާ ގޮތް ހަނދާން ކޮށްދިނެވެ. ތާޕްސީ ބުނީ ފިލްމީ ދާއިރާއިން އޭނާ މިހާރު ހުރި ހިސާބަށް އަންނަން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.  

އެގޮތުން އޭނާގެ ކާމިޔާބީތައް ކިތަންމެ ބޮޑު ނަމަވެސް ކުޑަ ނަމަވެސް އެހެން މީހެއްގެ އައިޑެންޓިޓީން އެ ކަންކަން ބަލަން ނުޖެހޭ ކަމަށް ތާޕްސީ ބުނެފައި ވެއެވެ. އަދި އޭނާގެ އަމިއްލަ ދިރިއުޅުމަކީ އަމިއްލަ ޒާތީ ދިރިއުޅުމެއް ކަމަށާއި ”ޕްރޮފެޝަނަލް“ ދިރިއުޅުމަކީ ”ސްޓިރިކްޓްލީ ޕްރޮފެޝަނަލް“ ދިރިއުޅުމެއް ކަމަށެވެ.

ގާތްގަނޑަކަށް ދިހަ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ތާޕްސީއާއި މަތިއަސް ކައިވެނި ކުރީ މި އަހަރުގެ މާޗް މަހު އުދައިޕޫރުގައި ބޭއްވި ހިތްގައިމު ރަސްމިއްޔާތެއްގައެވެ.

ގާތް ރައްޓެހިންނާއި އާއިލާއިން ބައިވެރިވި މި އިވެންޓުގައި އެ ދެ މީހުން ނިސްބަތްވާ ތަފާތު ސަޤާފަތް ދައްކުވައިދީފައި ވެއެވެ.

ދެހާސް ތޭރަވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ތާޕްސީ ވަނީ ޖުޅްވާ 2،ނާމް ޝަބާނާ،ޕިންކް،ބަދްލާ،މިޝަން މަންގަލް،ހަސީން ދިލް ރުބާ،ދުންކީ، ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް