މި ސަރުކާރު ދަތުރުފަށާފައި މިވަނީ ބަނގުރޫޓުވުމާ ދިމާލަށް

Loading

Facebook
Twitter
WhatsApp

      އަޅުގަނޑު މި ހާމަކުރަނީ އަޅުގަނޑުގެ ހިތަށް ފެންނަ ވާހަކަތަކެއް ނޫނެވެ. މިއީ ރާއްޖޭގެ ހޮޅުއަށިތަކުގައާއި ގޯޅިގޯޅި ކަންމަތިތަކުގައި ރައްޔިތުން ތިބެގެން ދައްކަމުންދާ ވާހަކަތަކެވެ. މާފުކުރައްވާށެވެ. އަޅުގަނޑަކީ މި ސަރުކާރު ގެނައުމަށް ބުރަމަސައްކަތް ތަކެއް ކުރި ދިވެހި މުވާތިނަކީމެވެ. އެހެން ކަމުން މި ސަރުކާރަށް ގެއްލުންވާފަދަ އެއްވެސް ވާހަކައެއް ދައްކަން އަޅުގަނޑު ލަދުގަނެއެވެ.

     ތިޔަ ޢިއްޒަތްތެރިބޭފުޅުން ވާނީ ދާދި ފަހުން އޮޅުދޫކަރައިގެ ރައީސަކަށް ހުންނެވި ރައީސް ކޮތަބަޔާގެ ސަރުކާރަށް ވީގޮތް އަޑުއައްސަވާފައެވެ. ދެން އެވާހަކަ ބާއްވަމާ ހިނގާށެވެ.

    މި ސަރުކާރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންގެ ކުރިމަތީގައި ވަރަށް ގިނަވަޢުދާ ޢަހުދު ވެވަޑައިގެންނެވުމާއި ވިދިގެން އެކަންހިތާ ރޫޙުން ގަބޫލުކޮށް ރައްޔިޔުން ގެނައި ސަރުކާރެކެވެ. އެހެނަސް މި ސަރުކާރު މިހާރު ދަތުރުފަށާފައި މިވަނީ ރާއްޖޭގައި ތިބި ޓެކްސް ޕޭޔަރުން އަނގަވަތައް ވައްޓާލާ ފަގީރުން އިތުރަށް ފަގީރުކޮށް މުއްސަނދި މަހުޖަނުން އިތުރަށް މުއްސަނދި ކުރުމުގެ މަގުތަށް ކޮށަމުންނެވެ

     މިއީ ކޮޅުނެތްކޮޅަށް ހިތާމަހުރި އަދި އޭގެ ސަބަބުން ގައުމުގެ ފޭރާންވީދި ބަރަހަނާ ވުންފަދަ ކަމެއް ކަމަށް ގިނަ ރައްޔިތުން އެދަނީ ބުނަމުންނެވެ. އަދި އަމިއްލައަތުން އަމިއްލަ ކަރުގައި މި ސަރުކާރުން އެދަނީ ވަޅިއަޅަމުން ކަމަށްވެސް ރައްޔިތުން އެދަނީ ބުނަމުންނެވެ. ގައުމުގައި ތިބި ޓެކްސް ޕޭޔަރުން ހަމަފައި މަތީގައި ތިއްބާ އެމީހުން އަނވަތަށްވައްޓަލާ އެބޭފުޅުންގެ މުޅި މިލްކިއްޔާތު ސަރުކާރާއެކު ބަނގުރޫޓުވެ ވީރާނާ ވެގެންދިއުމުން ދެން އެ ގައުމުކޮޅަށް ޖެހުމަކީ ވަރަށް ނާދިރުކަމެކެވެ. އަދި ކިތަންމެ ކުޅަދާނަލީޑަރެއްގެ އަތްމައްޗަށް ވެރިކަން ދިޔަނަމަވެސް އެއީވާނެ ކަމެއް ކަމަށް އެއްވެސް ބަޔަކު ގަބޫލެއް ނުކުރެއެވެ.

     ފެންނަމުން އެދަނީ މި ސަރުކާރު އިދިކީލަވަމުން ރައްޔިތުންބަނޑަށް ޖައްސަމުންދާ މަންޒަރު ކަމަށްބުނާ މީހުން ދަނީ އިތުރުވަމުންނެވެ. އެހެންކަމުން މިހާރު މި ސަކާރުން އަޅަމުން އެގެންދަނީ ވަރަށްބޮޑު ޅައެއްޗެއް ކަމަށާއި ސަރުކާރު އިނދަޖެހި ސަރުކާރު ނުހިންގި ސަރުކާރު ބަދަލު ވުމަކީ މައްސަލައެއް ނޫނެވެ. ދާދިފަހުން ރާއްޖެއިން އެވަނީ އިންޑިއަން އޯޝަން ޓުނާ ކޮންފަރެންސްގައި ބައިވެރިވެ އެއްބަަސް ވުންތަކެއްގައި ސޮއިކޮށްފައެވެ. އޭގެ ސަބަބުން ދިވެހި މަސްވެރިންނަށް ލިބޭނީ ކޮންއެއްޗެއްތޯއެވެ. ރައްޔިތުން ދެކޭ ގޮތުގައި މިފަދަ އެއްބަސް ވުމެއްގައި ސޮއި ކުރެވެންވާނީ ވަޒީރުންގެ މަޖިލީހުން މަޝްވަރާކޮށް ގޮތްތަކެއް ނިންމައިގެންނެން ނޫނެވެ. ނޫންނަމަ އެ ބުނާފައިވްސްޓާހޮޓަލަކާ ހަމައަށް ވަޒީރަކަށް ދެވިދާނެ ކަމަށްގަބޫލު ކުރުމަކީ މޮޔަކަމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް