ރައީސް މުޢިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންފި

Loading

August 27, 2024
sandhaanu news
Facebook
Twitter
WhatsApp

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް ވިދާޅުވީ ސިންގަޕޫރަށް ވަޑައިގަންނަވަނީ ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއާ ގުޅިގެން މާލޭގައި ތިބި ޑޮކްޓަރުންނަށް ދެއްކުމަށް ފަހު ”ސެކަންޑް އޮޕީނިއަން“ އެއް ހޯއްދެވުމުގެ ބޭނުމުގަ އެވެ.

މީގެ އިތުރުން ސިންގަޕޫރަށް ވަޑައިގަންނަވަނީ މީގެ ދެތިން އަހަރު ކުރިން ކުރި ސާޖަރީއެއްގެ ރެގިއުލާ ޗެކަޕްއަކަށް ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

މިއީ ދެ ދުވަހަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް