ބަނގުރަލާއެކު ހައްޔަރުކުރި ދެ ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި ވަގު ޑޮލަރުތަކެއް ފެނިއްޖެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނެކެވެ.
މި ދެ މީހުން ބަންދުކުރުމަށް ނެރުނު ކޯޓު އަމުރުގައި ބުނީ މާލޭގެ ފިހާރައެއްގައި ބަނގުރާ ވިއްކާ ކަމަށް ޕޮލިސް ކޮމާންޑް ސެންޓަަރަށް ދިން މައުލުމާތަކާއި ގުޅިގެން ވެރިފަރާތުގެ ހުއްދައާއެކު ފުލުހުން އެ ފިހާރަ ބަލައި ފާސް ކޮށްފައިވާ ކަމަށެވެ. މިގޮތުން ބަލާ ފާސްކުރުމުގެ ތެރޭގައި ގުދަނުން ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާ ފެނިފައިވާއިރު، ވަގު ޑޮލަރުވެސް ފެނިފައިވާ ކަަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ދެ މީހުން ކުަށަށް އިއުތިރާފުވެފައިވާތީ ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާދީފައެވެ.
One Response
ބިދޭސިންގެ ކަންތައްހައްދު ފަހަނައަޅާ ގޮސް ތިއޮތީ މިހާރު