ރައްޔިތުން ބަނޑަށް ޖެހެނީބާ؟

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ބޭނުން ކުރެވޭ ރިޒާވް މި މަހު އެކީ ހުސްވެއްޖެނަމަ ދެންވާނީ ކިހިނެއްބާ ވައެވެ. ޢުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނެމުން އަންނަ އިރު މިއީ މިފަދަ ވާހަކައެއް އަޑުއެހި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ރައްޔިތުންނަށް ކާންބޯން ދެނީ ދައުލަތުގެ ރިޒާވްގައި ހުރި އެއްޗަކުންނެވެ. އެހެންކަމުން ފެތުރެމުން ދާ އެ އަޑުތަކަށް ބަލާއިރު އެއީ ތެދު ޙަގީގަތަކަށް ވެއްޖެނަމަ ކުރިއަށް އޮތް މަހު ރައްޔިތުން ބަނޑަށް ޖެހޭނެ ކަމަށް ބަލަން ޖެހެއެވެ.

އުފެދޭ ސުވާލަކީ ސަރުކާރުގެ އިސްވެރިން މިކަން ޙައްލު ކޮށްދޭން ރާވާފައި ވަނީ ކިހިނެއްތޯއެވެ
ދައުލަތުގެ ދަރަނި ބޮޑުވެ ރައްޔިތުން ބަނޑަށް ޖެހިދާނެ ފަދަ ޙާލަތެއް މެދުވެރި ވުމުގެ ކުރިން ދައުލަތުން ގެއްލިފައިވާ އެތައް ބިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް މޫނެއް ކަނދުރާއަކަށް ނުބައްލަވާ ކުރިއަށް ގެންދިއުމަކީ ސަރުކާރަށް ރައްޔިތުން ކުރި އިތުބާރު ދެމެހެއްޓުމަށް މިއަދު އެޅެންއޮތް އެންމެ މުހިންމު ފިޔަވަޅެވެ.

މިވާހަކައަކީ އާވާހަކައެއް ނޫނެވެ. ކުރީގެ ސަރުކާރުތަކުން މިދެންނެވި ފައިސާ ހޯދަން އެއްވެސް މަސައްކަތެއް ކޮށްފައިނުވުމަކީ މި ސަރުކާރުން އެ މަސައްކަތް ކުރަން ފަހަތު ފަޔަށް ބުރަވާން ޖެހޭ ސަބަބެއް ނޫނެވެ. މިދެންނެވި ފައިސާ ހޯދިއްޖެނަމަ ރާއްޖެއަށް ކުރިމަތިވެފައިމިވާ އިގްތިޞާދީ ދަތިކަން އެއްފަހަރުން ޙައްލުވާނެއެވެ.

އެހެންކަމުން މިއަދު ސަރުކާރުން މި ދެންނެވި ފައިސާ ނުހޯދާ ރައްޔިތުންގެ އަތުން އިތުރު ޓެކްސް ނެގުމަކީ ބޭއިންޞާފުން ކުރެވޭ ކަމަކަށް މެނުވީ ނުވާނެއެވެ. ރައީސް ޑޮކްޓަރ މުޢިއްޒުވަނީ މިދެންނެވި ފައިސާ ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ. ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާ މިދެންނެވި ފަރާތްތައް ރައްޔިތުންނަށް ހާމަކޮށް މައްސަލަތައް ވިދާޅުވެވަޑައިގެންފައިވާ ފަދައިން ކުރިއަށް ގެންދިއުމަކީ ރައްޔިތުންނަށް އިންޞާފު ހޯދައި ދިނުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވާނެއެވެ.

ރާއްޖޭގައި ވެރިކަން ކުރެއްވި ބައެއް ރައީސުންނާއި ބައެއް ވަޒީރުންނާއި އަދި އެނޫންވެސް ގިނަ އެތައްފަރާތްތަކަކުން ވަނީ ރައްޔިތުންގެ ފައިސާއަށްޚިޔާނާތް ތެރިވެފައެވެ. އެހެނަސް އެއްވެސް ސަރުކާރަކުން މިދެންނެވި ފައިސާ ހޯދަން އެއްވެސް މަސައްކަތެއް ކޮށްފައެއްނުވެއެވެ. މިއީ ގައުމުގެ ރައްޔިތުން ހަނާވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބުވެސް މެއެވެ.

Loading

2 Responses

  1. ގައުމުގެ ކަންތަ ހިންގުމަށް ރައިޔަތުން މަތިކޮއްފައި ވާމީހުން ރައިޔަތުންނަ ހަރާންކޯރުވުމުން ނޫންގޮތަކަ ރައިތުން ބަޑުހައި ހޫނުކަމުގެ ހާލަތަކައް ދާކަށްނުޖެހޭނެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް