ތައިލެންޑްގައި ފިރިހެނަކު ފާޚާނާ ތަށިމަތީ އިންދާ 12 ފޫޓުގެ ހަރުފައެއް ތަށިންއަރާ އޭނާގެ ”ޓެސްޓިކަލްސް“ ގައި ދަތް އަޅައިފިއެވެ.
ތަނަތު ނަމަކަށް ކިޔާ މީހާ ކިޔާދީފައިވާ ގޮތުގައި އޭނާ ފާޚާނާ ތަށިމަތީގައި އިންދާ ”ޕްރައިވެޓް ޕާޓް“ އަށް ކުއްލިއަކަށް ތަދުވިއެވެ. އޭނާ ބަލާލިއިރު ފެނުނީ ދިގު ހަރުފައެކެވެ. އަދި އޭތި ވަނީ އޭނާގެ ގައިގައި ދަތް އަޅާފައެވެ.ދެންއޭނާ ކުއްލިއަކަށް ތެދުވި ކަމަށް ވެއެވެ. އަދި ހަރުފައިގެ ކަރުގައި ބާރަށް ހިފުމަށްފަހު އޭނާގެ ގައިން ދޫކުރުވަން މަސައްކަތް ކުރިއެވެ. އަދި އެންމެ ފަހުން ފާޚާނާގެ ބުރުހެއް ބޭނުން ކޮށްގެން ހަރުފަ މަރާލިއެވެ.މިއާއެކު މުޅި ފާޚާނާގައި އޮތީ ހުސްލޭ ކަމަށްވެސް އޭނާ ކިޔާދީފައި ވެއެވެ.
އެމީހާއާ ހަވާލާދީ ނޫސް ތަކުގައި ބުނެފައިވާ ގޮތުގައި ކަރުގަ ހިފީމަވެސް ހަރުފަ ދަތް އަޅާފަ އޮތް ތަނުން ފުރަތަމަ ދޫކޮށެއް ނުލިއެވެ. އަދި ދިގު ދެދަތް ވައްދާލާފައިވާ ތަނުން ދޫކޮށްލީ ބުރުހަކުން އޭތި ގައިގަ ތަޅަން ފެށުމުން ކަމަށް އޭނާ ބުނެފައިވެއެވެ.
ހަރުފަ ދަތް އެޅިތަނަށް ވަރަށް ތަދުވާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
އެމީހާގެ އާއިލާއިން ވަނީ އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ޓެޓްނަސް ވެކްސީން ޖަހާ ހަދާފައެވެ. ނަމަވެސް ދަތް އެޅިތަން ފަހަން ނުޖެހޭ ކަމަށް ”ޔޫކޭ މިރާ“ އާއި ހަވާލާދީ ވިއޯންގައި ބުނެފައިވެއެވެ.
(ވިއޯން ޗެނެލް ރިޕޯޓް)