ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ދިވެހިރުފިޔާއިން ދެއްކޭނެ:

Loading

Facebook
Twitter
WhatsApp
Maldives News

ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް އެއް ކަމަށްވާ ޓުއަރިޒަމް ގްޑްސް އެންޑް ސާރވިސް ޓެކްސް (ޓީޖީއެސްޓީ) ދިވެހި ރުފިޔާއިން ދެއްކޭގޮތް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ޓީޖީއެސްޓީއާ ގުޅިގެން މިއަދު ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ވާގޮތުން އެ މިނިސްޓްރީން މި ޓެކްސް ދިވެހި ރުފިޔާއިން ނަގާގޮތަށް ނިންމީ ކޮވިޑް-19 އާއިގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި ވިޔަފާރިކުރާ ފަރާތްތަކަށް ލުޔެއްދިނުމުގެ ގޮތުންނެވެ.

“ ކޮވިޑް- 19 ގެ ބަލިމަޑުކަމުގެ ސަބަބުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީދަތިކަމާ ގުޅިގެން އެ ފަރާތްތަކުން މޯލްޑިސްވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންޖެހޭ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ( ޖީ.އެސް.ޓީ) ދެއްކުމުގައި ލުއި ދިނުމަށް ނިންމައިފީމެވެ.“ ފިނޭނސް މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ އޭޕްރީލް އެކަކުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދިވެހިރުފިޔާއިން ދެއްކޭނެއެވެ.

މީގެ ކުރިންވެސް ސަރުކާރުންވަނީ ޓެސްކްސް ދެއްކުމުގައި އެކިކަހަލަ ލުއިތަކެއް ދީފައެވެ. އެގޮތުން ޓެކްސް ދައްކަންޖެހޭ މުއްދު އިތުރުކުރުންފަދަ ކަންތައް ކޮށްފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް