ފެތުރެމުންދިޔަ އަލިފާންގަނޑުން ސަލާމަތްވެވުނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ގޮސްގެން!

Loading

August 13, 2024
profile
Facebook
Twitter
WhatsApp
Firefighters try to extinguish a wildfire burning in Dionysos, Greece, August 12, 2024. REUTERS/Alexandros Avramidis

ވައިގަދަވުމުގެ ސަބަބުން ގްރީސްގެ ވެރިރަށް އެތެންސްގެ ބޭރުގައި ބާރަށް ފެތުރެމުންދިޔަ އަލިފާންގަނޑުގައި ގަސްތަކާއި، އެއްގަމު އުޅަނދުތަކާއި، ގެތައް އަނދަމުންދިޔައިރު، މީހުން ސަލާމަތްވެފައިވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދަތުރުކޮށްގެންނެވެ. 

މިގޮތުން، މެންދުރުފަހު 3:00 ރޯވި މިއަލިފާންގަނޑު ނިއްވާލުމްށްޓަކައި 400 ފަޔަރފައިޓަރުންނާއި، 16 ވޯޓަރބޮމްބް ކުރާ މަތިންދާބޯޓާއި، 13 ހެލިކޮޕްޓަރުގެ އެހީގައި މަސައްކަތްކޮށްފައިވާއިރު، އެތެންސްގެ 35 ކިލޯމީޓަރު ބޭރުގައި އޮންނަ 1800 މީހުންގެ އާބާދީއެއް އޮންނަ ވަރްނަވާސް އަވަށަށް އަލިފާންގަނޑުވަނީ ފޯރާފައެވެ. އަދި އިރުއޮއްސުމުން ފަޔަރފައިޓިންގް އުޅަނދުތަކުގެ މަސައްކަތް ހުއްޓާލުމާއެކު، ހުޅުގަނޑު ބޮޑުވެ ޖައްވު އޮރެންޖުކުލައަށް ބަދަލުކޮށްލިއެވެ. 

ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުގައި، 25 މީޓަރުގެ އުސްމިނަށް ހުޅުގަނޑު ވަނީ އަރާފައެވެ. އަދި ވައިގަދަކަމުން އަލިފާންގަނޑު ފެތުރޭ ބާރުމިން އަވަހެވެ. 

އެގޮތުން، މެއި މަހުންފެށިގެން މިހާތަނަށް ގްރީސްގައި މިފަދަ އެތައް ސަތޭކަ ހާދިސާއެއް ހިނގާފައިވާއިރު، އިލްމުވެރިން ބުނާގޮތުގައި މިގޮތަށް ފެތުރޭ އަލިފާންގަނޑުތައް ނުވަތަ “ވައިލްޑްފަޔަރސް” ގެ ފަހަތުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް