އިރާނުން އަޒުމްކަނޑައަޅާފައި ވަނީ ސީދާ އިސްރާއީލަށް ހަމަލާދޭން

Loading

August 12, 2024
sandhaanu news
Facebook
Twitter
WhatsApp

އިރާނުން އަޒުމްކަނޑައަޅާފައި ވަނީ ސީދާ އިސްރާއީލަށް ހަމަލާދޭން ކަމަށް އިސްރާއީލުގެ ޖާސޫސީ އިދާރާއިން ބުނެފިއެވެ.

އިސްރާއީލުގެ ޖާސޫސީ އިދާރާތަކާ ހަވާލާދީ އެމެރިކާގެ ވެބްސައިޓް އެކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން ވަނީ ރައްދު ދިނުމަށް އަޒުމް ކަނޑައަޅާފައެވެ.

ނަން ހާމަކުރަން ބޭނުން ނުވާ ދެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ޖާސޫސީ އިދާރާއިން މިހާރު ވަނީ އީރާނުން ސީދާ އިސްރާއީލަށް އަމާޒުކޮށްގެން ހަމަލާދޭން ނިންމާފައިވާ ކަމަށް ނިންމާފައެވެ. އަދި މި ހަމަލާ އެތައް ދުވަހެއް ވަންދެން ދެމިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ވަނީ ނިންމާފައެވެ.

އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް އީރާނުގެ ހަމަލާ އެނގިފައިވާއިރު، މިހާރު މި ހަމަލާތައް ކޮންޓްރޯލް ކުރުމަށް އެމެރިކާ އާއި އިނގިރޭސިވިލާތާއި ފްރާންސަށް އިސްރާއިލް ވަނީ ވަރަށް ބޮޑަށް ބަރޯސާވެފައެވެ.

މީގެ ކުރިން އަންދާޒާތަކުން ދައްކާ ގޮތުގައި އަޔަން ޑޯމް ނިޒާމު ހިމެނޭ ގޮތަށް ޒަޔަނިސްޓް ވެރިކަމުގެ މިސައިލް ޑިފެންސް ސިސްޓަމްތަކަށް ބޮޑު ހަމަލާއެއް އަތުވެދާނެ ކަމަށް ބެލެވޭ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން އެމެރިކާގެ މަސްދަރަކުންވެސް އިންޒާރު ދީފައި ވަނީ އިސްރާއީލުގެ އަޔަން ޑޯމަށް ނުހުއްޓުވޭނެހެން ފަރުމާކޮށްފައިވާ ޑްރޯންތަކާއި ބެލިސްޓިކް މިސައިލްތައްވެސް އިރާންގައި ހުރި ކަމަށެވެ.

އީރާނުގައި ޑްރޯންތަކާއި ބެލިސްޓިކް މިސައިލްތައް ހުންނަކަމަށާއި އަދި ހިޒްބުﷲގެ އަތުގައި ދިހަހާސް މޯޓަރާއި ރޮކެޓާއި ޕްރެސިޝަން ގައިޑް މިސައިލް ހިމެނޭ އާސަނަލްއެއް ހުރި ކަމަށާއި އެއީ އިސްރާއީލުގެ ދިފާއީ ނިޒާމު ފުނޑުފުނޑުކޮށްލާނެ ކަމުގެ ބިރު އޮތް ކަމެއް ކަމަށް ވެސް އެ މަސްދަރުގައި އިތުރަށް ބުނެފައި ވެއެވެ.  

 ފާއިތުވި ދުވަސްތަކުގައި ތެހެރާނާއި ބެއިރޫތުގައި ހަމާސް އާއި ހިޒްބުﷲގެ އިސް ފަރާތްތައް އަވަހާރަކޮށްލުމާ ގުޅިގެން ހިޒްބުﷲއާއި އީރާނުން ބަދަލު ހިފުމުގެ ހަމަލާތަކަށް އިސްރާއީލުން ތައްޔާރުވަމުން އަންނައިރު، މެދު އިރުމަތީގައި ވަރުގަދަ ހަނގުރާމަ ގަނޑެއް ފެށުމުގެ ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް