އެތުގެ ހަމަލާއިން މަރުވާ މީހުން މަދުކުރުމަށް އާސާމްގައި މޯބައިލް ފޯން އެޕެއް ތަޢާރަފް ކޮށްފި

Loading

Facebook
Twitter
WhatsApp

އެއް ހަމަލާ ދިނުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދުކުރުމަށް އަމާޒުކޮށް އިންޑިޔާގެ އާސާމް ސްޓޭޓްގައި ޚާއްސަ މޯބައިލް ފޯން އެޕެއް .ތަޢާރަފް ކޮށްފިއެވެ

”ހާތީ އެޕް“ ބޭނުން ކުރުމުން އެތެއް ނުވަތަ އެއްތައް މީހުން ދިރިއުޅޭ ސަރަހައްދަށް ވަންނަން ދާނަމަ އިންޒާރުގެ މެސެޖް ތައް ލިބޭނެއެވެ. .އެހެން ކަމުން ރައްކާތެރިކަން ހޯދުމަށް ފުރުސަތު ލިބޭނެއެވެ

އާސާމް އަކީ އިންޑިޔާގައި އެތުގެ އާބާދީ އެންމެ ގިނަ އެއް ސްޓޭޓެވެ.އަދި އެއް ހަމަލާދީގެން މަރުވާ މީހުންނާ އަދި މީހުން ހަމަލާދީގެން މަރުވާ އެތުގެ .އަދަދު އެހެން ހިސާބުތަކަށް ވުރެ އާސާމަގައި އިތުރެވެ

ކޮންޒަރވޭޝަނިސްޓުން ބުނާ ގޮތުގައި އެހެން ހިސާބުތަކަށް ވުރެ އާސާމްގައި މީހުން އުޅޭ ސަރަހައްދު ތަކަށް އެއްތައް ވަނުން އިތުރު .ވެފައިވަނީ އެތުގެ ވެށިކަމަށްވާ ޖަންގަލީގެ ސަރަހައްދު އާސާމްގައި މިހާރު ވަރަށް ބޮޑަށް ކުޑަވެފައިވާތީއެވެ

.ހިންދުސްތާން ޓައިމްސް ބުނާ ގޮތުން 2020ން 2024 ގެ މިހާތަނަށް އިންޑިޔާގައި އެތުގެ ހަމަލާތަކުން 1701 މީހުން މަރުވެފައިވެއެވެ

އެތުގެ ހަމަލާތަކުން މަރުވެ ނުވަތަ އަނިޔާވާ މީހުންނަށާ އާއިލާތަކަށް ސަރުކާރުން ބަދަލު ދެވޭފަދަ ނިޒާމެއްވެސް އާސާމްގައި އަލަށް ތައާރަފް ކުރި އެޕް މެދުވެރިކޮށް ވަނީ ގާއިމް ކޮށްފައެވެ.މީގެ އިތުރުން އެއްތައް ދުރަށް ފޮނުވާފަދަ ސޯލާ ހަކަތަ ދޫކޮށްފައިވާ ފެންސް ނުވަތަ ބިއް ތަކެއްވެސް އެޕް .ފަރުމާކުރި ފަރާތުން ދަނީ ގާއިމް ކުރަމުންނެވެ

ވައިލްޑްލައިފް ޗެރިޓީ ޖަމާއަތް ޑަބްލިއު.ޑަބްލިއު.އެފް އިން މައުލޫމާތުދޭ ގޮތުގައި އޭޝިޔާގެ ގައުމުތަކުގައިވާ ވަލު އެތުގެ އަދަދު މިހާރު 50 ހާހަށް ވެސް .ނާރައެވެ  

އިންޑިޔާގައި އެއްތައް ދަނޑުތައް ހަލާކު ކުރުމަކީވެސް އާންމުކަމެކެވެ. މިގޮތުން ކޮންމެ އަހަރަކުވެސް ބައި މިލިއަނެއްހާ އާއިލާތަކަށް މިކަމުގެ ގެއްލުންތައް ލިބޭ ކަމަށް ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް