އެއާޕޯޓް ކޮންވެޔަރ ބެލްޓެއްގަ ތާށިވެ މަރުވެފައިވާ އަންހެނަކު ފެނިއްޖެ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ޝިކާގޯގެ އޯހެއަރ އިންޓަރނޭޝަނަލް އެއާޕޯޓް ގެ ބެގެޖް ހެންޑްލިންގ ސަރަހައްދެއްގައި ކޮންވެޔަރ ބެލްޓެއްގައި ތާށިވެ، މަރުވެފައިވާ އަންހެނަކު ފެނިއްޖެއެވެ.މިސަރަހައްދަކީ އާންމުންނަށް ވަދެވޭ ސަރަހައްދެއް ނޫންކަމަށާ އަންހެންމީހާ އެތަނަށް ވަންގޮތެއް ނޭގޭކަމަށް އެއާޕޯޓް އޮފިޝަލުން ބުނެފައިވެއެވެ.އަދި އުމުރުން 57 އަހަރުގެ އަންހެން މީހާއަކީ އެއާޕޯޓްގެ މުވައްޒަފެއް ނޫން ކަމަށްވެސް ކަމާބެހޭ އޮފިޝަލުން ހާމަކޮށްފައި ވެއެވެ.

ޝިކާގޯ ފަޔަރ ޑިޕާޓްމަންޓް ގެ ތަރުޖަމާން މައުލޫމާތުދީފައިވާ ގޮތުގައި މެޝިނުގައި އަންހެން މީހާ ތާށިވެފައިވާތަން ފެނި،ޕެރަމެޑިކްސް އަށް ގުޅާފައިވަނީ ބުރާސްފަތިދުވަހު ހެނދުނު 7:45ގައެވެ.ފަހުން ސީ.ސީ.ޓީވީ ފުޓޭޖް ބެލިއިރު އަންހެންމީހާ ބެގެޖް ސަރަހައްދަށް ވަދެފައިވާތަން ފެންނަނީ ބުރާސްފަތިދުވަހު 2:27ގައެވެ.އެހެންކަމުން ފަސްގަޑިއިރަށް ވުރެ ގިނަ އިރު އޭނައަށް އެތާ އުޅެވުނު ގޮތަކާ އަދި ހާދިސާ ހިނގުމުން އެކަމަށް މީހަކު އެޓެންޑް ވެފައިނުވާތީ ސުވާލު އުފެދޭކަމަށް ބުނެފައި ވެއެވެ.

ފުޓެޖުން ހަމައެކަނި ފެންނަނީ އަންހެން މީހާ ބެގެޖް ރޫމްއަށް ވަންނަ ތަން ކަމަށާ އަދި މެޝިނުގައި ތާށިވިގޮތް ފެންނަން ނެތްކަމަށް ޚަބަރުލިބެއެވެ.

ފުލުހުން އެސޯސިއޭޓަޑް ޕްރެސް އަށް މައުލޫމާތުދީފައިވާ ގޮތުގައި އެހެން ދިމާވީ އެވަގުތު އެއްވެސް ފަރާތަކުން ”ރިއަލްޓައިމް ކޮން“ ސަރވެލަންސް ކެމެރާ ބަލަން ނެތުމުން ކަމަށެވެ.އަދި ފުޓެޖް ބަލާފައިވަނީ ހާދިސާގެ ތަހުގީގު ތަކުގެ ތެރެއިން ކަމަށް ފުލުހުން ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް