ޣައްޒާގެ ސްކޫލަކަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި

Loading

August 11, 2024
sandhaanu news
Facebook
Twitter
WhatsApp

ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި ރޭ ފަތިހު އަލް ތާބިން ސްކޫލަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި އެވެ.

ރޭ ފަތިހު އެ ސްކޫލަށް ހަމަލާ ދީފައި ވަނީ ފަތިސް ނަމާދު ކުރަމުންދިޔަ ވަގުތުއެވެ.  

މިކަމަށް އިޝާރާތްކޮށް ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެތައް ހާސް ރެފިއުޖީންނެއް ވަގުތީ ހިޔާވެހިކަން ހޯދައިގެން ތިބި އަލް ތާބިން ސްކޫލަށް ހަމަލާދީ ގިނަ ބަޔަކު ޝަހީދުކޮށްލުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގި އަމަލެއް ކަމަށެވެ.

މިގޮތުން މިއީ ފަލަސްޠީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ހިންގާފައިވާ ޖަރީމާއެއްކަން ފާހަގަކޮށް ރާއްޖެއިން ވަނީ މި ހަމަލާތައް ހުއްޓުވާ ފަލަސްތީނުގައި ސުލްހަ ގާއިމުކުރަން ގޮވާލާފައެވެ.

މީގެ އިތުރުން ފަލަސްތީނަށް ހައްގުތައް ހޯދައިދީ، ދޭން ޖެހޭ އެއްބާރުލުން ދިނުމުގައި ރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމަށް ވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް