މަންމައަށް އަނިޔާކުރި މީހަކު 15 ދުވަހަށް ބަންދުކޮށްފި

Loading

August 11, 2024
sandhaanu news
Facebook
Twitter
WhatsApp

މަންމައަށް ގެވެށި އަނިޔާކުރި މީހަކު 15 ދުވަހަށް ބަންދުކޮށްފިއެވެ.

މި މައްސަލައިގައި 38އ އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވަނީ މާލެއިންނެވެ.

އެގޮތުން އޭނާގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

އޭނާގެ ބަންދުގެ މުއްދަތަކީ 15 ދުވަސް ކަމަށް ޖަހާފައި ވަނީ އޭނާގެ މަންމައާ މެދު ގެވެށި އަނިޔާކޮށް، މާރާމީ ހިންގި ކަމުގެ ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާތީ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް