ދިވެހި ޒުވާނަކު ގެއްލިގެން ހޯދަނީ

Loading

August 11, 2024
sandhaanu news
Facebook
Twitter
WhatsApp

ދިވެހި ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ގެއްލިގެން ހޯދަން ފުލުހުން އިއުލާނުކޮށްފައި ވަނީ ހދ. ކުޅުދުއްފުށި ކިނާރާގެ، އަޙްމަދު އަނިލް މުޙައްމަދު (23އ) އެވެ.

ފުލުހުން ބުނީ އަނިލްގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށާފައިވާ ކަމަށެވެ.

އަޙްމަދު އަނިލް މުޙައްމަދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމާއި، އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައި ވަނީ މި އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު، ފޯނުން ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.

އެހެންކަމުން އަޙްމަދު އަނިލް މުޙައްމަދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791382 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް