އެމެރިކާގެ ސެކެއްޓަރީ އޮފް ސްޓޭޓު މައިކް ޕޮމްޕެއޯވަނީ މިއަންނަ ހަފްތާގައި އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައެވެ. މިދަތުރުފުޅުގެ ބޭނުމަކީ، އެމެރިޔާގެ ރިޔާސީ އިންތިޚާބުގެ ކުރިން ބެއިޖިން އާއި ދެކޮޅަށް ވޮޝިންޓަނުން ފެށި ކެމްޕޭން ބާރުގަދަކުރުމުގެ ގޮތުން ، މިލިޓަރީ ރޮނގުން ޗައިނާއާއި ވާދަވެރި ގައުމުތަކާއި އިތުރަށް ސްޓްރަޓީޖިކް ގުޅުން ބަދަހި ކުރުމެވެ.
އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓު އިންޑިއާ ކަނޑުގެ އިތުރު ދެަގައުމުކަމަށްވާ ސްރީލަންކާއަށާއި ދިވެހިރާއްޖެއަށްވެސް ދަތުރު ކުރެއްވުމަށްފަހު، ދަތުރު ނިންމަވާނީ އިންޑޮނޭޝިއާއިންނެވެ. އިންޑޮނޭޝިއާ އަކީވެސް ސަރަހައްދީ އިމުގެ މައްސަލައިގައި ޗައިނާއާޢި ދެބަސްވުމެއް އޮންނަ ގައުމެކެވެ. މިދަތުރުފުޅުގައި ޕެސިފިކް ސަރަހައްދުގައި އެމެރިކާގެ ނުފޫޒު އިތުރަށް ވަރުގަދަކުރައްވަން މަސައްކަތް ކުރައްވާނެކަމަށް ރޮއިޓާސްއިން ޚަބަރުދެއެވެ.
One Response
ދުނިޔޭގައި މިހާރު ހިނގާ ގިނަ ހަމަނުޖެހުމުގެ އަސްލަކީ އެމެރިކާގެ ޢުދުވާނީ ސިޔާސަތު. ގިނަ ގައުމުތަކުގެ ވެރިންގެ ވެރިކަމުގެ ދަހިވެތިކަމާއި ދުނިޔެވީ މަންފާހޯދުމަށް އިންސާނީ ކަރާތްމަތް ވިއްކާލެވޭތީ އެމެރިކާގެ ވެރިން ނުބައިރޭވުންތައް ރާވައި ދޭދޭގައުމުގެ ދެމެތު ހަމަނުޖެހުން އުފަށްދުވާ ދެފަރާތަށް ސީދާކޮށާއި ނުސީދާކޮށް ހަތިޔާރުފޯރުކޮށްދީ އެތަންތަން ސުންނާފަތިކުރުވަނީއެވެ. އެއީވެސް ޑިމޮކްރަސީގެ ނަމުގައި ހިޔަޅު އުކުޅުބޭނުންކޮށްގެން ހިންގާ ޖަރީމާއެވެ. ޖަންގަލީ އުސޫލުން ބާރުގެ ބޭނުން ކޮށްގެން އެބައިމީހުން ބޭނުން ކޮންމެކަމެއް ދުނިޔޭގައިވާން ޖެހެއެވެ. އެއީ ޑިމޮކްރެސީތޯއެވެ. ގުދުސްއަށް އިޒުރޭލުގެ ވެރިކން ބަދަލލުކުމަށް ފައުޅުގައި ގޮވާލާ އިޒުރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުމަކީވެސް އުދުވާނީ ހަމަލާއަކަށް ނުވޭތޯއެވެ. ދެރައީ އިސްލާމީ ގައުމުތަކުގައި ތިބި ނިކަމެތިވެރީން އެމެރިކާގެ ދަލުގައިޖެހި ނަސޯރާއިންނާއި ޔަހޫދީންގެ އެޖެންޑާ އެނގިތިބެ ނުވަތަ ނޭނގުމުގެ ތެރޭގައިނަމަވެސް ޖާގަދޭތީއެވެ. ދެރަކަމުގެ ކޮޅެއްނެތެވެ.