އިސްރާއީލުގެ އަޔަން ޑޯމްއަށް ނުހުއްޓުވޭނެ ހަތިޔާރު އީރާނުގައި އެބަހުރި: އެމެރިކާގެ މީޑިއާ

Loading

Facebook
Twitter
WhatsApp

އިސްރާއިލްގެ އަޔަން ޑޯމްއަށް ނުހުއްޓުވޭނެ ހަތިޔާރު އީރާނުގައި އެބަހުރި ކަމަށް އެމެރިކާގެ މަސްދަރަކުން އިންޒާރު ދީފިއެވެ.

އިސްރާއީލުން ތައްޔާރުވަމުން ދަނީ އީރާނާއި އެ ޤައުމަށް ވާގިވެރިވާ ޤައުމުތަކުގެ ކޯޑިނޭޓްޑް ހަމަލާއަކަށް ކަމަށާއި އެ ހަމަލާއަކީ އިސްރާއީލުގެ ވައުންޓް އަޔަން ޑޯމް ނިޒާމަށް ވުރެ މާ ބޮޑަށް ފުޅާވާން ޖެހިފައިވާ މަލްޓިލޭޔަރ އެއާ ޑިފެންސް ސިސްޓަމަކަށް މިހާތަނަށް ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖު ކަމަށް ވޯލް ސްރީޓް ޖާނަލްގައި ރިޕޯޓުކޮށްފިއެވެ.

އެމެރިކާއާއި އިސްރާއީލުން އުފެއްދި އަޔަން ޑޯމް އަކީ ކުރު ރާސްތާ ރޮކެޓްތައް ވައްޓާލުމަށް ދުނިޔޭގެ އެންމެ ކުރީގައި އޮތް ނިޒާމަށް ވިޔަސް، ގިނަ ފަހަރަށް އެ ނިޒާމު ހިންގުމަށް ވަނީ ނާކާމިޔާބުވެފައެވެ. އަދި އެކި ދިފާއީ ޖަމާއަތްތަކުން ފޮނުވާ ހަމަލާތަކުގެ ނުރައްކާވެސް ކުޑަ ކުރެވިފައެއް ނުވެއެވެ.

އީރާނުގައި ޑްރޯންތަކާއި ބެލިސްޓިކް މިސައިލްތައް ހުންނަ ކަމަށާއި ހިޒްބުގެ އަތުގައި ދިހަހާސް މޯޓަރާއި ރޮކެޓާއި ޕްރެސިޝަން ގައިޑް މިސައިލް ހިމެނޭ އާސަނަލްއެއް ހުރި ކަމަށާއި އެއީ އިސްރާއީލުގެ ވެރިކަމުގެ ދިފާއީ ނިޒާމު ފުނޑުފުނޑުކޮށްލާނެ ކަމުގެ ބިރު އޮތް ކަމެއް ކަމަށް ވެސް ރިޕޯޓުކޮށްފައި ވެއެވެ.

މީގެ ކުރިން އީރާނުގެ ސިފައިންގެ ގްރައުންޑް ފޯސްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ކިއޯމާސް ހައިދާރީ ވިދާޅުވީ ސިފައިންގެ ގްރައުންޑް ފޯސްތަކަށް ހާއްސަކޮށް ފާއިތުވި އަހަރުތަކުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި އިސްލާމީ އީރާނަށް ދެމެހެއްޓެނިވި އަމާންކަން ގެނައުމަށްޓަކައި ކޮމާންޑުގެ ބާރުތައް ބޯޑަރުތަކުގައި ބައިތިއްބާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ސިފައިންގެ ގްރައުންޑް ފޯސްގެ އާ ކާމިޔާބީތަކަށް އިޝާރާތް ކުރައްވައި ބްރިގޭޑިއާ ޖެނެރަލް ހައިދާރީ ފާހަގަކުރެއްވި ގޮތުގައި ބައިނަލްއަގްވާމީ މައިދާންތަކުގައި އެ ބާރުގެ ބާރު ދައްކުވައިދޭ ވަރަށް ކައިރި މުސްތަގުބަލެއްގައި އެ ގައުމުގެ ގްރައުންޑް ފޯސްއިން އެންމެ ޒަމާނީ އެންޓި އާމޯ ޕިންޕޮއިންޓް މިސައިލްތައް ދައްކާނެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް