ރާއްޖޭގެ އާބާދީގައި ހިމެނޭ މަސައްކަތް ކުރާ ޢުމުރުގެ ފިރިހެނުންނަށްވުރެ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޢަދަދު އިތުރު ކަމަށް ދިރާސާތަކުން ދައްކައިފިއެވެ. މިއީ ބިރުގަންނަން ޖެހޭ ކަމެއް ކަމަށް ގިނަބަޔަކު ދެކެއެވެ. ދާދި ފަހުން ބިދޭސީން ވަނީ ރާއްޖޭގެ ފުލުހުންނާ ސިފައިންނާ ވެސް ކުރިމަތިލާފައެވެ. ރާއްޖޭގައި ބިދޭސީން އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު ރާއްޖޭގެ އަބާދީގައި ހިމެނޭ ފިރުހެނުންގެ ޢަދަދަށް ވުރެ ބިދޭސީންގެ ޢަދަދު އިތުރުވުމުން ބިރުގަންނަން ޖެހޭ އެއް ސަބަބަކީ އެބައިމީހުން ސަރުކާރާ ދެކޮޅަށް ނުކުމެ ކުރިމަތިލުމަކަށް މަގުފަހިވެދާނެފަދަ ކަމެއް މެދުވެރި ވެދާނެތީއެވެ.
ދާދި ފަހުން ރާއްޖޭގެ ފުލުހުންނާއި ސިފައިންނާއި ދެކޮޅަށް ބިދޭސީން ނުކުމެ އެ ކުރި އިހުތިޖާޖަށް ނަޒަރު ހިންގާލާއިރު އެއީ ބިރުގަންނަން ޖެހޭ މިންވަރުގެ ކުރިމަތި ލުމެއް ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. އެވެރިން ކަމަކަށް ޑިމާންޑު ކޮށްފިނަމަ އެކަން ޙާޞިލް ކުރެވޭ މިންވަރަށް ރާއްޖޭގައި ބިދޭސީންގެ އާބާދީ އިތުރެވެ. ރާއްޖޭގެ އާބާދީއަކީ ކުޑަކުޑަ އާބާދީއެކެވެ. އެހެނަސް ރާއްޖޭގެ އާބާދީއާ ނުބައްދަލު މިންވަރަކަށް ބިދޭސީންގެ އާބާދީ އިތުރުވެއްޖެއެވެ. ބިދޭސީން އިތުތުވަމުން އެދާ ނިސްބަތަށް ބަލާއިރު ރައްޔިތުންނަށް އަމާންކަމާ މިނިވަންކަން ގެެއްލި ރާއްޖެ ބިރުވެރި ކިއްލާއަކަށްވެސް ބަދަލުވެގެން ދިއުމުގެ ބިރު ވަރަށް ބޮޑެވެ.
ބިދޭސީންގެ މައްސަލައަކީ މިސަރުކާރު އަދި ކީއްކުރަންތޯ އެހެން ސަރުކާރަކަށް ވެސް ޙައްލު ކުރެވޭނެ ކަމެއް ނޫނެވެ. ރާއްޖެތެރޭގެ ރައްޔިތުން ސަރުކާރަށް އެއްބާރުލުންދީގެން މެނުވީ ބިދޭސީންގެ މައްސަލަ ޙައްލެއް ނުކުރެވޭނެއެވެ. ގަވާޢިދާ ޚިލާފަށް އުޅޭ އެންމެ ގިނަބިދޭސީން ތިބީ ރާއްޖެތެރޭގައެވެ. ބިދޭސީން ރާއްޖެތެރޭގައި ކުރާ މަސައްކަތް ތަކަށް ބަލާއިރު ގޭގޭގައި ކެއްކުމާއި އެއްޗެހި ދޮވުމާއި ގޭގޭގެ ކުނިކެހުމާއި ރުކުއެޅުމާއި މަސްވެރިކަން ކުރުމާއި ބާޒާރު ކުރުން ފަދަ އެތައް މަސައްކަތެއް އެވެރިން ކުރެއެވެ.
މީގެ އިތުރުން ރާއްޖެތެރޭގެ ކޮންސްޓްރަކްޝަން ދާއިރާ އޮތީވެސް ބިދޭސީން އަތްމަތީގައެވެ. ރާއްޖެތެރޭގައި ދިރިއުޅޭ ދިވެހި ގިނައަންހެނުން ލޯބީގެ ގޮތުން ގުޅިގެން އުޅެނީވެސް ބިދޭސީ ފިރިހެނުންނާކަން އެއީ ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށްސަރުކާރުން ކުރާމަސައްކަތްތައް ކާމިޔާބު ނުވާނެކަމުގެ އަލިގަދަ ހެއްކެކެވެ.
ރާއްޖެތެރޭގެ ގިނަ ރަށްރަށަކީ ޖަންގަލީ ބޮޑު އާބާދީ މަދު ރަށްރަށެވެ. އެހެން ކަމުން ސަރުކާރުގެ ޓީމެއް އެރަށަކަށް އަންނަ ކަމުގެޚަބަރު ލިބުމާއެކު ވަލުތެރޭގައި އެވެރިން ފޮރުވައިދިނުމަކީ ގިނަބަޔަކު އެކުވެގެން ހިންގާ ޖަރީމާއެކެވެ. މިފަދަ ގިނަ މީހުންނަކީ ސިސްޓަމުން ވެސް ގެއްލުވާލާފައިވާ މީހުން ކަމަށް ވުމުން އެ ރަށަކުން ފިލައިގެން އުޅެނީ ކޮންބައެއްކަން ސަރުކާރަށް ދެނެގަނެވޭނެ ގޮތެއްވެސް ނެތެވެ.
ޙަގީގަތުގައިވެސް ބިދޭސީންނަކީ ރާއްޖެތެރޭގެ ރައްޔިތުންނަށް އެމީހުނާ ނުލައި އުޅެވޭވަރަށްވުރެ ބޭނުންތެރި ބައެކެވެ. ރާއްޖެތެރޭގެ ރައްޔިތު ފިރިހެނުންގެ ގިނަ އަނބިންނަކީ އެއްވެސް މަސައްކަތެއް ނުކޮށް މަޖާކުރުމާ ޑްެރާމާ ބެލުމާއި ނަލަހެދިގެން ބިދޭސީ ފިރިހެނުންނަށް ތިއްތި ދައްކަން އުޅޭ ބައެއްކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އެހެން ކަމުން ގަވާޢިދާ ޚިލާފަށް ރާއްޖެތެރޭގައި ދިރި އުޅޭ ބިދޭސީ ހޯދުމަކީ ސަރުކާރަށް ވަރަށް ބޮޑު ތަކުލީފަކަށް ވާނެއެވެ.
ބިދޭސީންގެ މައްސަލަހައްލުކުރުމުގައި މިކަމުގައި ސަރުކާރަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެއެވެ. މި ސަރުކާރުގެ އިމިގްރޭޝަން ކޮންޓްރޯލާ އަކީ ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ގާބިލްބޭފުޅަކަށްވާތީ އެ މަނިކުފާނުގެ ޙިކުމަތްތެރި ސިޔާސަތުގެ ދަށުން މިހާރުވެސް އެވަނީ ގަވާޢިދާ ޚިލާފަށް އުޅޭ ގިނަބަޔަކު ހޯދާ ޑީޕޯޓް ކޮށްދީފައެވެ. 2013 ގައި އޮތް ވެރިކަމުގެ ތެރެއިން އޭރު ހުންނެވި ކޮންޓްރޯލާ ހިންގާފައިވާ ގިނަޖަރިމާތައް މިހާރުގެ ކޮންޓްރޯލާ އެވަނީ ހޯއްދަވާ އިޢުލާނުވެސް ކުރައްވާފައެވެ.
ސަރުކާރުން ކުރައްވަންވީ އެންމެ މުހިންމު މަސައްކަތަކަށް ވާނީ ރާއްޖެއަށް ބިދޭސީ އިތުރުވިޔަނުދީ ރާއްޖޭގައި ގަވާޢިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީން ހޯދާ އެވެރިން ގަވާޢިދަށްފައްތައި ކުންފުނި ތަކަށް ބަހާލުމެވެ.