މުޅި ފައުޖު ނެރެ ޑިފެންސަށް ކުޅެން ފެށުމުން ސިޔާސީ ގޮތުން ހަންބޯ ނޫންކަންވެސް އެނގިއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ރިޔާސީ އިންތިޚާބުގައި ވޯޓު ހޯއްދަވަން ދެއްކެވި ވާހަކަތައް ކޫލް ވާހަކަތަކަށްވީ ގޮތަށް މިއަދު ހަޖަމު ކުރަން އުނދަގޫވެގެން ނުވާނެ ކަމަށެވެ.
އެ ދުވަސްވަރު ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަތައް އެއީ ޕަބްލިކްގައި ހުރި ވާހަކަތައްކަން ވެސް ޖަމީލު ފާހަގަކުރެއްވިއެވެ.
ޖަމީލު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު އެމަނިކުފާނުގެ މުޅި ފައުޖު ނެރެ ޑިފެންސަށް ކުޅެން ފެށުމުން ސިޔާސީ ގޮތުން ހަންބޯ ނޫންކަން ވެސް އެނގިއްޖެ ކަމަށާއި އެއިން ދޭހަވަނީ ރައީސް ޑރ. މުޢިއްޒަކީ ގާބިލު ވެރިއެއްް ނޫން ކަމަށެވެ.
“މުޅި ފައުޖު ނެރެ ޑިފެންސަށް ކުޅެން ފެށުމުން ސިޔާސީ ގޮތުން ހަންބޯ ނޫންކަންވެސް އެނގިއްޖެ. ނާގާބިލު ވެރިއެއް! ނާގާބިލު!“
ޖަމީލަކީ ކުރީގެ ރައީސް ޔާމީންގެ އިސް ވަކީލުގެ އިތުރުން ޔާާމީން އަރިހުގައި މިވަގުތު ސިޔާސީ ގޮތުން މަސައްްކަތް ކުރައްވާ އެންމެ އިސް އެއް ބޭފުޅާއެވެ. ޔާމީން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގައި ވެސް އޭނާ އިސް ދައުރެއް އަދާ ކުރެއްވިއެވެ.
އެގޮތުން ޖަމީލު ގެންދަވަނީ މީސްމީޑިއާގެ ޕްލެޓްފޯމްތަކާާއި ޕީއެންއެފްގެ ޖަލްސާތަކުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އޭނާ ތުހުމަތު ކުރައްވަނީ ރައީސް ޑރ.މުޢިއްޒަކީ ކަނޑައެޅިގެން “ދޮގު ހަދާ“ ބޭފުޅެއް ކަމަށެވެ.
“ތަކުރާރުކޮށް ކެމްޕެއިނުގައި ވަކިވާހަކައެއް، ބާރު ލިބުމުން ވައުދާ ޚިލާފުވާ ބޭފުޅެއް. އެނގިގެން މިދަނީ ރައީސް ޔާމީނާ ހުރި ތަފާތު. އެއްބޭފުޅަކު ބުރިޖު ހެއްދެވީ، ޓެކްސް ނުނަންގަވާ ޚިދުމަތް ދެއްވި! ރައީސް މުޢިއްޒަށް އެއްވެސް މުދަލެއް ދައުލަތަށް އިތުރު ނުކުރެވުނު.“ ދާދިފަހުން ޖަމީލު ވިދާޅުވެފައިވެއެވެ.
“އެކަމަކު ރައީސް ޔާމީނު ހެއްދެވި ތާރީޚީ ބުރިޖު އަދި ހިލޭ ދެއްވި ޚިދުމަތުން މިއަދު ރައީސް މުއިއްޒު ފީ ނަގަނީ. ރައީސް ޔާމީނު ހިއްކެވި ހުޅުމާލޭ ބިން ރައީސް މުޢިއްޒު ރާޖޫ އަށް މިއަދު ވިއްކާލީ“
މި ފެންނަނީ ޔާމީނުފަދަ ވިޝަނަރީ ލީޑަރަކާއި، ނުބައި ރޭވުމުން ޕާޓީއާ ވެރިކަން ޖަހައިގަތް ފަރާތަކާ ހުރި ތަފާތު ކަމަށާއި “މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ“ ކަމަށް ވެސް ޖަމީލު ވިދާޅުވެފައިވެއެވެ.
ޖަމީލު ވިދާޅުވެފައިވާ ގޮތުން ރައްޔިތުން މިއަދު ގަބޫލު ކުރަނީ ރައީސް މުޢިއްޒަކީ އިތުބާރު ނުކުރެވޭ، ވެރިކަން ކުރުމުގެ ހުނަރެއް ނެތް، ރައްޔިތުންނަށް އޮޅުވައިލާ “ތަކުރާރުކޮށް ދޮގު ހަދާ ވެރިއެއް“ ކަމަށެވެ.
“ރައީސް މުއިއްޒުގެ ވައުދުތަކަކީ ކަނޑުގައި ދަމާ ރޮނގެއް ފަދަ އެއްޗެއް“ ޖަމީލު ވިދާޅުވެފައިވެއެވެ.
މި ވެރިކަމުގައި މިނިވަން ޕްރޮސެކިއުޝަނެއް ނުފެނުނު ކަމަށާއި މުޅިން ވެސް އެއިރަކު ވެރިކަމުގައި ހުންނެވި ވެރިޔަކު ބޭނުންވި ގޮތަކަށް “މޮޑޭ ފުށްގަނޑަކަށް“ ދައުވާ ކުރުމުގެ ނިޒާމު ހަދައިފި ކަމަށް ވެސް ދާދިފަހުން ޖަމީލު ވިދާޅުވެފައިވެއެވެ.
“ރައީސް ޔާމީނު ޕީޖީގެ malicious prosecution ގެ ސަބަބުން ގާތްގަނޑަކަށް ނުހައްގު 3 އަހަރު ޖަލުގައި. ދައުވާތައް އަނބުރާ ނެގުން/ އިސްތިއުނާފު ކުރުމާ ނުކުރުމުގައި due process ނެތް!“ ޔާމީންގެ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޖަމީލު ވިދާޅުވެފައިވެއެވެ.
ޑރ. ޖަމީލު ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޑރ. މުޢިއްޒު ތާރީޚުގެ ތެރެއަށް ވަދެގެންދާނީ ހުރިހާ ގޮތަކުން އެންމެ ނާގާބިލު މީހުންގެ އަތް މަައްޗަށް ދައުލަތް ދޫކުރި ވެރިއެއްގެ ގޮތަށެވެ.
ވަޒީރުންނާ ރައްޔިތުންގެ މަޖިލީހުގެ ހާލަތު އެއްގޮތް ކަމަށާއި މިއީ ރައީސް މުއިއްޒުގެ “ސްޓާރުންގެ“ ހާލަތު ކަމަށާއި ގައުމު އަރައި ނުގެނެވޭ ވަރުގެ ވަޅުގަނޑަކަށް ވަައްޓާލައިފައިވާ ކަމަށް ވެސް ޖަމީލު ވިދާޅުވެފައިވެއެވެ.
“ރައީސުލްޖުމްހޫރިއްޔާގެ ގްރޫމިންގ މި ނާޒުކު އިގުތިސާދީ ވަގުތުގައި ވެސް ކުރިއަށް ގެންދަވާތަން ފެނުމަކީ، ކޮންމެވެސް އެއް ރޮގަކުން ގައުމު ތަރައްގީވުން. ރައީސް އޮފީހުގައި ތިއްބެވި އާއިލީ ބޭފުޅުންނާ އެބޭފުޅުންގެ ބަފައިބެމެން ވެސް ތަރައްގީކޮށްފި. އާއިލީ ވެރިކަންވެސް ތަރައްގީކޮށްފި.“ ރައީސަށް ފާޑުވިދާޅުވެ ޖަމީލު ކުރެއްްވި ޕޯސްޓެއްގައި ލިޔުއްވައިފައިވެއެވެ.
މީގެއިތުރުން ޖަމީލު ވިދާޅުވެފައިވަނީ ރައީސް ޑރ. މުޢިއްޒު ވަޢުދުވެވަޑައިގެންނެވީ އަދުލުވެރިކަން ގާއިމު ކުރައްވަން ކަމަށާއި ހެޔޮލަފާ ވެރިކަމެއް ކުރައްވަން ކަމަށެވެ.
“ލިބުނީ ރައީސް ނަޝީދު! ލިބުނީ ބުރުމާ ގާސިމް! ލިބުނީ ކާނަލް ނާޒިމް! ލިބުނީ އެމްޑީޕީގެ ދެވަނަ ވަރޝަން! ވެއްޓުނީ އިންޑިޔާގެ ފައިބުޑަށް!“
މިފަދަ މޭރުންތަކުން ޖަމީލު ފާޑުވިދާޅުވެ ވާހަކަ ދައްކަވާއިރު, މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ބޭފުޅާ ކަމަށްވާ ޕީއެންސީގެ ޗެއަރޕާސަން އަދި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ސިފަކުރައްވާ ގޮތުގައި ޖަމީލާއި ޔާމީން އަރިހުގައި މިހާރު އުޅުއްވާ މުޙައްމަދު މަލީހު ޖަމާލުމެންފަދަ ބޭފުޅުންނަކީ ސިޔާސީ ގޮތުން “ބައި ކިލޯ“ ވެސް ހަމަނުވާ ބޭފުޅުންނެވެ. އަދި އެއީ ސިޔާސީ ގޮތުން “ފެއިލްވެފައި“ ތިބި ބައެއްް ކަމަށް ވެސް ޢަބްދުއްރަޙީމް އިއްޔެ ވަނީ ވިދާޅުވެފައެވެ.
3 Responses
Abadhuve rahyithumrrhaa nikamethhaalugajehimagumathivaanee verikamah anna munaafiqun ulheynee midhuniyeyga ufaluga aakhirathuga jahannamaiga aameem
Dr. jameelu eulhuvvanee Dr. mohamed mizzuge thoonu visnunfulhaa adhimuraalifulhukamaai heevaagikamaaeku dhivehi raajje kuriah gendhevumattakai kuravvamungendhavaa masakkaiypulhuthah keeriti Allahgevaagifulhaaeku kaamiyaabuvaatan
fenivadaigen hajamufulhu nuvegenn. Saabahey Dr. Muizzu الله تعالى furihahamakaamuyaabehdevvaashi۔مين يارب العالمين. دكتور محمدمعز ذنداباد.
އިދިކޮޅުގައި ތިއްބަވާއިރު ސިޔާސީ ގޮތުން ފާޑު ކިޔަން ޖެހޭނެއެވެ. އެކަމަކު އިދިކޮޅުގައި ތިބުމުގައި ތިމަތިމާމެންގެ އުރަތްޕެއްވެސް ހުންނަން ވާނެއެވެ. ޑިމޮކްރެޓިކް ނިޒާމުގައި އިދިކޮޅު ޚިޔާލލުތަކަށް ބާރުދޭނެ މަޖިލީސް މެމްބަރުން ތިއްބަވާނެއެވެ. ކައުންސިލްތަކުގައި ތިއްބަވާނެއެވެ. މިއިން ފަރާތެއްގައި ބާރު ދޭނެ ބަޔަކު ނެތި ކިތަންމެ ވަރަކަށް ވާހަކަ ދެއްކެވިޔަސް އެއިން އަންނާނެ ހެޔޮ ބަދަލެއް ނުފެންނާނެއެވެ. އަދި އަމުދުން ވާހަކަފުޅު ތިޔަ ގެންގުޅުއްވަނީ ފަރުދީ ހަސަދައެއް ފިލުވާލުން ކަހަލަ ގޮތަކަށެވެ. ވިސްނަވާލެއްވުން ހުއްޓެވެ. މިއަދުގެ ދިވެހިރާއްޖޭގައި އިލްމީ ޒުވާނުން ވަރަށް ގިނައެވެ. ތިޔަ ދައްކަވާ ވާހަކަތައް ފިސާރިރަނގަޅަށް ދިރާސާ ކުރައްވާނެއެވެ. މުސްކުޅިން ބުނެ އުޅެއެވެ. “ ބަސް އަނގައިގެ ތެރޭގައި އޮންނަހާ ހިނދަކު ތިމާގެ ބާރު ހިނގާނެއެވެ. އެ ބަސް ބޭރަށް ނިކުތުމަށްފަހު ދެން އެތެރެއަކަށް ނުގެނެވޭނެއެވެ. ތިމާގެ ބާރު އެހިސާބުން ކެނޑުނީއެވެ ”.