ސަރުކާރާ ދުރަށް ދާން ޖެހުނީ ހަދާ ގޯސްތަކުން ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަހީމް ރައްދު ދެއްވައިފިއެވެ.
ޕީއެންއެފްއިން ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ޔާމީން ވަނީ މި ސަރުކާރާ ދުރަށްޖެހިވަޑައިގެން އުޅުއްވަނީ ސަރުކާރުން ހަދާ ގޯސްތަކުން ހަޖަމު ކުރައްވަން އުނދަގޫފުޅުވެގެން ކަމަށެވެ.
މިކަމަށް ރައްދު ދެއްވައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީން ސަރުކާރާ ދުރަށް ޖެހިވަޑައިގެންނެވީ އެ މަނިކުފާނުގެ ބޮޑާ ކަމާއި ކިބުރުވެރިކަމުން ކަމަށެވެ.
“ރައްޔިތުން ހެއްލިދާނެކަމަށް މާމޮޅު ވާހަކަ ދައްކަވަން ނޫޅުއްވާ.ސަރުކާރާ ދުރަށްޖެހުނީ ތިމާގެ ހުރި ބޮޑާކަމާ ކިބުރުވެރިކަމެއްގެ ބޮޑުކަމުން. ތިމާނޫން އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބަލަން ލަގޮނޑިއަށް ކެތްނުވެގެން.“ ޔާމީންގެ ވާހަކަފުޅު ހަޖަމު ނުކުރެވިގެން ކުރެއްްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޔާމީނަށް ސަރުކާރާ ދުރަށް ދާން ޖެހުނީ ވެރިކަމުގެ ޢިއްޒަތާ ލައްޒަތަށް އޮތް ދަހިވެތިކަމަކުން ކަމަށެވެ.
މިކަން ވަކީންބޮޑަށް މިއަދު ރައްޔިތުނަށް ޔަގީންވަނީ ސިޔާސީގޮތުން ފެއިލްވެފައި ތިބި ދެތިން މީހުން ގޮވައިގެން “ތިޔަޖަހާ ހަޑިހުތުރު މުޑުދާރު ސަކަރާތުން“ ކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.
2 Responses
Bodudhegerithelheemai baarukuraanee kahggalah
Nukiyavai thibey jaahileh Abdull Raheem