ހަނިމާދޫ އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު މާރާމާރީ ހިންގައިފި،ހަމަލާދިނީ މަރުތޭލަކުން

Loading

Facebook
Twitter
WhatsApp

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ ދެ މުވައްޒަފުންގެ މެދުގައި މާރާމާރީ ހިންގައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ހަނިމާދޫ އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު މާރާމާރީ ހިންގާފައިވާ ކަމުގެ ރިޕޯޓު މިރޭ 08:00 ހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަށެެވެ.

އެގޮތުން ފުލުހުން ބުނީ މި މާރާމާރީ ހިންގީ މަރުތޭލައެއް ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް ހަމަލާދީފައި ވަނީ ކޮން ތަނަކަށް ކަމެއް އަދި ސީދާ ބުނަން ނޭނގޭ ކަމަށް ފުލުހުން ހާމަކުރެއެވެ.

އެ ދެ މުވަައްޒަފުންގެ މެދުގައި ހިނގި މާރާމާރީގައި މަރުތޭލަކުން ހަމަލާދާދީފައިވާ ކަމަށެވެ. މިގޮތުން އޭގެ ތެރެއިން އެކަކަށް އަނިޔާވެ ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާދެެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހަމައެހެންމެ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް