ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ދިވެހި އަންހެނަކު ވޮލެޓެއް ފޭރިގަނެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ކުޅުދުއްފުށީ ސިޓީގައެވެ.
މިކަމަށް އިޝާރާތްކޮށް ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ބުނީ ބަންގްލަދޭޝް ފިރެހެނެއްގެ އަތުން ދިވެހި އަންހެނަކު ފޭރުނު މައްސަލައިގެ ރިޕޯޓު އެ އިދާރާއަށް މިއަދު ހަވީރު ލިބިފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު އެކަމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެ އަންހެން މީހާ ގެންގޮސްފައިވާ ކަމަށް ފުލުުހުން ހާމަކުރެއެވެ. ސޯޝަލް މީޑިއާގައި މިއަދު ދައުރުވި ވީޑިއޯއިން ފެންނަގޮތުގައި ބިދޭސީ މީހާގެ ވޮލެޓު ފޭރިގެންފައި ވަނީ ސައިކަލެއްގައި ދިޔަ އަންހެނެކެވެ. އަދި ފޭރުނު ދިވެހި އަންހެންމީހާގެ ހެދުމުގައި ހިފަހައްޓައިގެން އޭނާ ދިޔަނުދޭން ބިދޭސީ މީހާ މަސައްކަތް ކުރާ މަންޒަރު އެ ވީޑިއޯއިން ފެނިފައި ވެއެވެ.
One Response
ތަރައްގީއާއި ދެ ޖިންސުގެ ހަމަހަމަކަން އަންގައިދޭ މިސާލެއް