ކެރަލާ އަށް ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 300އިން މައްޗަށް

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ކެރަލާސްޓޭޓް ގެ ވަޔަނާޑް ޑިސްޓްރިކްޓަށް މީގެ ހަތަރުދުވަސް ކުރިން ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 300 އިން މައްޗަށް އަރައިފި ކަމަށް ޚަބަރު ލިބެއެވެ.އެހިސާބަށް އަދިވެސް މޫސުން ވަރަށް ގޯސް ނަމަވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ސާޅީހަކަށް ޓީމް ދަނީ ހަރަކާތްތެރި ވަމުންނެވެ.ދިރިތިބި މީހުން ހޯދުމުގެމަސައްކަތް  ޑްރޯން ފުޓޭޖް ތަކާއި ކުއްތާގެ އެހީގައި ދަނީ ކުރަމުންނެވެ.

މީހުންހޯދުމުގެ މަސައްކަތް ފަސޭހަ ކުރުމަށްޓަކައި ކިސަޑުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދު ހަޒޯނަކަށް ވަނީ ބަހާލާފައެވެ. އަދި އާމީ،ކޯސްޓްގާޑް،ނޭވީ،ފޮރެސްޓް ޑީޕާޓްމަންޓް ފަދަ އިދާރާ ތަކުގެ މެމްބަރުން ހިމެނޭޓީމް ތަކުން ދަނީ މީހުން ސަލާމަތް ކޮށް އަދި ހަށިތައް ހުރި ތަންތަނުން ނަގަމުން ނެވެ.އެހިސާބަކީ އާބާދީގެ ގޮތުން މާ މީހުން ބައިބޯ ހިސާބަކަށް ނުވި ނަމަވެސް މިހާރުވެސް 9ހާހަށް ވުރެ ގިނަ މީހުން ވަނީ ސަލާމަތް ކޮށް ވަގުތީ ކޭމްޕް ތަކަށް ބަދަލު ކޮށްފައެވެ.

ސަލާމަތް ކުރެވޭ މީހުންނަށްޓަކައި އެހިސާބުގައި ވަނީ 90 ރިލީފް ކޭމްޕް ގާއިމް ކޮށްފައެވެ.

ވަޔަނާޑް ޑިސްޓްރިކަޓަށް މިފަދަ ބޮޑު ކާރިސާއެއް ކުރިމަތިވީ ހަފަތާއެއްހާދުވަސްވަންދެން ވާރޭ ވެހުމުގެ ސަބަބުން ފަސްގަނޑަށް އޮބިނޯންނަ ވަރަށް ފެންޖަމާވުމުގެ ސަބަބުންނެވެ.މަތީ ހިސާބު ތަކުން ބާރު އޮއިވަރާއެކު ކިސަޑު ދެމިގެން އައިއިރު ބައެއް ގެތަކާ އަދި ބްރިޖް ފަދަ ތަންތަންވެސްވަނީ ހަލާކުވެގެން ގޮސްފައެވެ. މިއާއެކު ގިނަ އަދަދެއްގެ ރުއްގަސްވެސް ވަނީ ވެއްޓިގެން ގޮސްފައެވެ. ހާދިސާގައި މަރުވިކަން ޔަގީންވެފައިވާ 300އެއްހާ މީހުންގެ އިތުރުން 192 މީހުން ވަނީ ގެއްލިފައެވެ.

ވަޔަނާޑް ޑިސްޓްރިކްޓަކީ ކެރަލާގެ މަގްބޫލު ޓުއަރިސްޓް މަންޒިލެކެވެ.އެތަނުގެ ރީތި މަންޒަރުތައް ބަލާލުމަށް އަހަރަކު ލައްކައެއްހާ މީހުން ޒިޔާރަތް ކުރާކަމަށް ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް