މާލޭގައި އިއްޔެރޭ ހިންގި މާރާމާރީއަކާާ ގުޅިގެން ބިދޭސީންތަކެއް ޑީޕޯޓުކޮށްލަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.
އިއްޔެރޭ އަސްރަފީ މަގުގައި ބިދޭސީންތަކެއް ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކަށް އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.
މި މައްސަލާާގައި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ.
އިމިގްރޭޝަނުން ބުނީ މާރާމާރީއާ ގުޅިގެން 6 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އެ އެންމެންގެ ވިސާ ބާތިލުކުރުމަަށްފަހު ޑީޕޯޓް ކޮށްލަން ނިންމާފައިވާ ކަމަށެވެ.
“މާލޭގައި ހިނގި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ 06 ބިދޭސީއަކު އިމިގްރޭޝަނާ މިރޭ ހަވާލުކޮށްފައި. އަދި އިމިގްރޭޝަން ގާނޫނުގެ ދަށުން މި ހުރިހާ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓުކުރުމަށް މިހާރު ވަނީ ނިންމާފައި.“ ރޭ ދަންވަރު އިމިގުރޭޝަނުން ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
އިމިގުރޭޝަނުން ވަނީ އެ ބިދޭސީންގެ ފޮޓޯ އާއި ނަންތައް އާާންމުކޮށްފައެވެ.