ޓާގެޓް ހަމަލާތައް އިތުރު ކުރާނެ ކަމަށްބުނެ ހިޒްބުއްލާ އިން އިޒްރޭލަށް އިންޒާރުދީފި

Loading

Facebook
Twitter
WhatsApp

ލުބުނާނުގެ އާންމުންނަށް އިޒްރޭލުންދޭ ހަމަލާތައް އިތުރުކުރުމާއެކު، ހަމަލާތައް ވަރުގަދަކޮށް، ކުރިން ހަމަލާނުދޭ ތަންތަނަށް ހަމަލާތައް ޓާގެޓްކުރަން ފަށާނެ ކަމަށް ބުނެ ލުބުނާނުގެ މުޖާހިދުންގެ ޖަމިއްޔާއެއް ކަމުގައިވާ ހިޒްބުއްލާއިން އިޒްރޭލަށް އިންޒާރުދީފިއެވެ. 

ހިޒްބުއްލާގެ ވެރިޔާ، ހަސަން ނަޞްރުﷲ ގެ އިންޒާރު އައިސްފައިވަނީ ބުދަ ދުވަހު އާންމުކޮށް ފެންނަގޮތައް ދިން ބަސްދީގަތުމެއްގައެވެ. މިއިންޒާރަށްފަހު، އިޒްރޭލާއި ހިޒްބުއްލާގެ ކުރިމަތިލުންތައް އިތުރުވެ، ސަރަހައްދީ ހަނގުރާމަ ބޮޑުވެދަަނެ ކަމުގެ ކަންބޮޑުވުން މިވަނީ އުފެދިފައެވެ. 

އިޒްރޭލުގެ އެންމެ ފަހުގެ ހަމަލާތަކުގައި އާންމުންގެ 8 މީހަކު ޝަހީދުކޮށްލާފައިވާކަން ފާހަގަކޮށް   

ނަޞްރުﷲ ބުނެފައިވަނީ، އާންމުންގެ ލޭއޮހޮރުވުން ގަދަކުރާނަމަ އިޒްރޭލުގެ އައު ސަހަރުތަކަަށް ހިޒްބުއްލާގެ ހަމަލާތައް އަމާޒުކުރެވިގެންދާނެކަމަށެވެ.

“އާންމުންނަށް ހަމަލާދޭނަމަ އަހަރެމެންގެ މިސައިލްތައް ދެެން އަމޤޒުކުރާނީ މީގެކުރިން ޓާގެޓްކޮށްފައި ނުވާ ސެޓްލްމަންޓް ތަކަށް.” ނަޞްރުﷲ ބުނެފައިވެއެވެ. 

މިގޮތުން، އަންގާރަ ދުވަހު އެކަނިވެސް ތިން ކުޑަކުދިން ހިމެނޭގޮތައް ލުބުނާނުގެ އާންމުންގެ 5 މީހަކު އިޒްރޭލުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި އޭގެ ކުރިންދުވަހު އޤންމުންގެ 3 މީހަކު ޝަހީދު ކޮށްެވުނުކަމަށް ލުބުނާނުގެ ޙަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވެއެވެ. 

Loading

One Response

  1. އާއެކެވެ. އެންމެންވެގެން ރަނގަޅަށް ތަޅާ ދުންކާލި ބުރުވާލާންވިއެވެ. މިއީ ސީދާ އެމެރިކާގެ ބަލާފައި މުސިބާތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް