ހަރުކަށި ކަމަށް ބުނެ ޖަރުމަނުގެ މުސްލިމް ޖަމިއްޔާއެއް ހިންގުން މަނާކޮށްފި

Loading

Facebook
Twitter
WhatsApp

ހަރުކަށި ފިކުރު ގެންގުޅޭކަމަށާއި، އިރާނާއި ހިޒްބުއްލާއަށް ތާއީދުކުރާކަމަށް ބުނެ ޖަރުމަނުވިލާތުން އެގައުމުގައި ހަރަކާތްތެރިވާ މުސްލިމް ޖަމިއްޔާއެއް ހިންގުން މަނާކޮށްފިއެވެ.

ޖަރުމަނުވިލާތުގެ ފެޑްރަލް މިނިސްޓްރީ އޮފް އިންޓީރިއަރ އެންޑް ކޮމިއުނިޓީއިން އެގައުނުގެ ގާނޫނާއި ގަވާއިދާ ޚިލާފުކަމަށް ބުނެ، އިސްލާމިކް ސެންޓަރ ހެމްބާރގް (އައިއެޗްޒީ) ނަމަކަށް ކިޔާ ޖަމިއްޔާގެ ހަރަކާތްތައް މަނާކޮށްފައިވަނީ ބުދަ ދުވަހުއެވެ.

“މިއަދު ސަރުކާރުން ވަނީ ‘އިސްލާމިސްޓް-އެކްސްޓްރީމިސްޓް’ ޖަމިއްޔާ އެއްކަމަށްވާ އައިޒީއެޗް ހިންގުން މަނާކުރާ އަމުރެއް ނެރެފަ. އިސްލާމިސްޓް މި ފިކުރަކީ އިންސާނީ ކަރާމަތާއި، އަންހެނުންގެ ހައްޤުތަކަށާއި، މިނިވަން މުސްތަގިއްލު އިންސާފުގެ ނިޒާމު އަދި ދިމިގުރާތީ ނިޒާމާއިވެސް ދެކޮޅުވެރި ފިކުރެއް.” އިންޓީރިއަރ މިނިސްޓަރު ނޭންސީ ފޭޒަރ ބުނެފައިވެއެވެ.

ޖަރުމަނަކީ އިޒްރޭލަށް އެންމެ ވަރުގަދައަށް ތާއީދުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. އާންމުންނާއި، ނޫސްވެރިންނާއި، ނަރުހުންނާއި، ޑޮކްޓަރުން އަދި ކުޑަކުދިން ޝަހީދުކޮށް އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ގަތުލުއާންމުގައި ޖަރުމަނުން އެއްބާރުލުންދެނީ އިޒްރޭލަށެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް