ފުޢާދު ތައުފީޤުގެ ބަޔޯގްރަފީ ފޮތް "ގޮތުގައި" ރައީސްއަށް ހަދިޔާ ކުރައްވައިފި

Loading

Facebook
Twitter
WhatsApp

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުޢާދު ތައުފީޤުގެ ބަޔޯގްރަފީ ފޮތް، ”ގޮތުގައި“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ހަދިޔާ ކުރައްވައިފިއެވެ.

މި ފޮތް ހަދިޔާ ކުރެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސް މުޢިއްޒު ވަނީ މި ފޮތް އިފުތިތާހު ކޮށްދެއްވާފައެވެ.

މި ފޮތް ލިޔުއްވާފައި ވަނީ ލިޔުންތެރިޔާ އަޙްމަދު ސާއިލް ޢަލީއެވެ. މި ފޮތުގައި 190 ސަފުހާ ހިމެނެއެވެ.

ޤައުމީ ޚިދުމަތްތެރިޔާ ފުޢާދު ތައުފީޤުގެ ޒާތީ ހަޔާތާއި، މަސައްކަތުގެ ހަޔާތުގެ ހުރިހާ ވާހަކަތަކެއް ތަފުސީލާއެކު މި ފޮތުގައި ހިމެނެއެވެ. އެގޮތުން ރާއްޖެއަށް އަލަށް ކޮމްޕިއުޓަރު ގެނެސްގެން، އޭގެ ބޭނުންކޮށްގެން ފުޢާދު އިސްވެ ހުންނަވައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދެވި ދުވަސްވަރުން ފެށިގެން ސާކް ޖަމުޢިއްޔާގެ ސެކްރެޓޭރިއޭޓުގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރުގެ ވާހަކަތައްވެސް މި ފޮތުގައި ހިމެނެ އެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގައި ފުޢާދު ކުރެއްވި އާދަޔާޚިލާފު މަސައްކަތްތަކާއި، ތަޖުރިބާތައްވެސް މި ފޮތުގައި ހިމެނެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް