ޖަމާައަތަށް ފައިދާ ހުރި ޚާއްސަ ޚިދުމަތްތަކެއް ކުރެއްވި އަތަމާ އަބްދުއްލަތީފް ނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

ޖަމާައަތަށް ފައިދާ ހުރި ޚާއްސަ ޚިދުމަތްތަކެއް ކުރެއްވި އަބްދުއްލަތީފް ހުސައިން މަނިކު ( އަތަމާ އަބްދުއްލަތީފް ) ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބޭގޮތުން މ.މެޑޯޒް އަތަމާ އަބްދުއްލަތީފް ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ނިޔާވީ އުމުރުން 94 އަހަރެވެ.

ޖަމާަތަށް ފައިދާ ހުރި ޚާއްސަ ޚިދުމަތެއްގެ ގޮތުގައި މީހުން ހައްޖަށް ގެންދެވުމުގެ މަސައްކަތް ކުރެއްވި އަބްދުއްލަތީފް މި މަސައްކަތް ފެށްޓެވީ ހިޖުރައިން 1398 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައި އޭނާގެ ދެކަނބަލުން މައްކާއަށް ވަޑައިގަތުމަށްފަހު ދެކެވަޑައިގެންނެވި މަންޒަރަކުން ހިތްޕުޅަށް ނެންގެވުނު ޝުއޫރުތަކަކުންނެވެ.

އަބްދުއްލަތީފް އޭރު އިހުސާސްކުރެއްވުނީ ކިތަންމެ ގިނަ ފައިސާއެއް ހިފައިގެން ހައްޖަށް ދިޔަނަމަވެސް އެމީހަކަށް އަޅާލާނެ އަދި އެހީވާނޭ މީހަކު ނެތިއްޔާ ހައްޖުގެ އަޅުކަމުގެ ކަންތައްތައް ފުރިހަމައަށް އަދާކުރުމަކީ ނުކުރެވޭނެކަމެއް ކަމުގައެވެ.

އެގޮތުން ރާއްޖޭގައި ހައްޖަށްދާން އެދޭ މީހުންނަށް އެހީވެދެއްވުމަށް ނިންމަވައި ފައިސާގެގޮތުން ވެސް ލުއިފަސޭހަ ގޮތެއް ހަމަޖައްސަވައި ދެއްވައި މަސައްކަތް ފެށްޓެވިއެވެ.

ޖަމާއަތަށް ފައިދާހުރި ހާއްސަ ހިދުމަތްކުރުމުގެ ރޮނގުން 1991 ވަނަ އަހަރު ދައުލަތުން އަބްދުއްލަތީފަށް ވަނީ އިނާމު ވެސް ދެއްވއިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް