މެންދުރު ނަމާދަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ޖެހޭ ގޮތަށް ހަދައިފި

Loading

Facebook
Twitter
WhatsApp

މެންދުރު ނަމާދު ވަގުތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ޖެހޭގޮތަށް މަޖިލީހުގެ ގަވާއިދުގައި ހިމަނައިފި އެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ނިންމާފައި ވަނީ މެންދުރު 12:00 އިން މެންދުރުފަހު 1:00 އަށެވެ.

މިކަންހާމަކޮށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެންދުރު ނަމާދާ ދިމާކޮށް 12:00 އިން މެންދުރުފަހު 1:00 އަށް މެދުކަނޑާލުމަށް ގަވާއިދުގައި ހިމަނާފައިވާނެ ކަމަށެވެ.

މީގެ ކުރިން ނަމާދުގެ ވަގުތަށް ޖަލްސާ މެދުކަނޑާލަނީ މެންދުރު 12:30 އިން މެންދުރު ފަހު 1:00 އަށެވެ. ނަމާދު ވަގުތަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ޖެހޭގޮތަށް ގަވާއިދުގައި ހިމެނުމުގެ އިތުރުން އަބްދުއްރަހީމް ރިޔާސަތުގައި އިންނަވާ މީގެ ކުރިން ވަނީ އެ ވަގުތާ ދިމާކޮށް ޖަލްސާތައް މެދުކަނޑާނުލެވޭތީ އެ ވަގުތާ ދިމާކޮށް މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑުވެސް އިއްވާފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް