ކަމަލާ ހެރިސްގެ ރިޔާސީ ކެމްޕެއިންގެ ފުރަތަމަ ހަފްތާގައި 200މިލިއަން ޑޮލަރު ޖަމާކުރެވުނު

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރިޔާސީ ރޭހަށް މިހާރު ކުރިމަތިލައްވާފައިވާ މިހާރުގެ ނާއިބް ރައީސް ކަމަލާ ހެރިސްގެ ރިޔާސީ ކެމްޕެއިންގެ ފުރަތަމަ ހަފްތާގައި 200މިލިއަން ޑޮލަރު ޖަމާކުރެވިފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ކެމްޕެއިނަށް އެކިފަރާތްތަކުން ދޭ އަދަދު އިތުރުވެގެން ގޮސްފައި ވަނީ ރައީސް ބައިޑަން ރޭހުން ވަކިވެ ވަޑައިގެން ކަމަލާ އެންޑޯސް ކުރެއްވުމާއިއެކު  ޑިމޮކްރެޓިކް ޕާޓީން ވާދަ ކުރައްވާނެ ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރިޔަށް ކަމަލާގެ ނަންފުޅު އެރި ހަމައިން ފެށިގެންނެވެ.

ޖުލައި 28 ވީ އާދީއްތަ ދުވަހާ ހަމަޔަށް ލިބިފައިވާ ޑޮނޭޝަންގެ ބޮޑު ބައި ނުވަތަ 66 އިންސައްތަ ލިބިފައި ވަނީ އަލަށް ފައިސާދިން ފަރާތްތަކުން ނެވެ.ފައިސާގެ އެހީގެ އިތުރުން އެއްލައްކަ ހަތްދިހަހާސް މީހުން ވަނީ ކަމަލާ ހެރިސްގެ ކެމްޕެއިންގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކޮށް ދިނުމަށް ސޮއި ކޮށްފައެވެ.

ހޮނިހިރު ދުވަހު ކަމަލާ ހެރިސް ކެމްޕެއިން ކުރައްވާފައި ވަނީ ޕިޓްސްފީލްޑް އަދި މެސަޗޫސެޓްސް ގައެވެ.އެ ދެ ސްޓޭޓުން 1.4 މިލިއަން ޑޮލަރު ލިބިފައިވާއިރު ކުރިން އަންދާޒާ ކުރެވިފައިވާ އަދަދަކީ 4000،000  ޑޮލަރެވެ.

ރިޔާސީ ރޭހުގައި ކަމަލާ ހެރިސް ވާދަ ކުރައްވާނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެވެ. ކުރިން ވާދަކުރައްވަމުން ވަޑައިގެންނެވި މިހާރުގެ ރައީސް ޖޯ ބައިޑަން ރޭހުން ވަކިވެ ވަޑައިނުގަންނަވާއިރު ޓްރަމްޕަށް 6 ޕޮއިންޓްގެ ލީޑެއް ލިބިވަޑައިގަންވާކަމަށް ޕޯލްތަކުން ދެއްކި ނަމަވެސް ކަމަލާ ހެރިސް މިހާރު ވަނީ ވަރަށް ބޮޑަށް ފަރަގު ކުޑަކުރައްވާފައެވެ.

ޓްރަމްޕް ގެކެމްޕެއިންގައި ޒާތީ ކޮމެންޓްތައް ކުރައްވާ ހިތްޕުޅަށް އައިހާ ގޮތަކަށް ކަމަލާ އަށް އެއްޗެތި ވިދާޅުވަމުންގެންދެވި ނަމަވެސް ކަމަލާ އެކަމަށް ރިއެކްޓް ނުކުރައްވައެވެ.

ޓްރަމްޕް ގެންދަވަނީ ”ދީނީ ކާޑު“ ވެސް ކުޅުއްވަމުންނެވެ. މިގޮތުން ކްރިސްޓިއަނުން ނިކުމެ އޭނާއަށް ވޯޓް ދިނުމަށް ގޮވާލައްވާފައިވެއެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ހެދި ޚިޔާލް ހޯދުމުގެ ޕޯލް އަކުން ދައްކާ ގޮތުގައި ކަމަލާ ހެރިސް ވަނީ ވަރަށް ބޮޑަށް ފަރަގު ކުޑަ ކުރައްވާފައެވެ. ޕޯލުން ދައްކާ ގޮތުގައި މިހާރުގެ ނިސްބަތަކީ 49 އިންސައްތަ 47 އިންސައްތައެވެ.

ނޮވެމްބަރުމަހު އޮންނަ އިންތިޚާބަށް އަދިވެސް 100 ދުވަސް އޮތް އިރު މި މުއްދަތުގެ ތެރޭގައި ކަމަލާ ހެރިސް ގެ މަގްބޫލުކަމާ އޭނާއަށް އޮތް ސަޕޯޓް އަދިވެސް އިތުރު ވެގެން ދާނެ ކަމަށް ބެލެވެއެވެ

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް