މި އަހަރުގެ އޮލިމްޕިކް ފެށުން ބިރުވެރިކަން އިންތިހާއަށް

Loading

Facebook
Twitter
WhatsApp
Oplus_131072

ފަރަންސޭސި އޮލިމްޕިކްސް 2024 އާ ގުޅިގެން ގިނަ މީހުންގެ ބަހުސަކަށް ވެފައި ވަނީ ރަސްމިއްޔާތު ހުޅުވުމުގައި ދެއްކި މަންޒަރުތަކަށެވެ.

މިކަމުގެ ހަގީގަތް ބިނާ ވަނީ ދުނިޔޭގެ ބާރަށް ދަހިވެތި ވުމުގެ މައްޗަށެވެ. އޮލިމްޕިކްސް ހުޅުވުމުގައި ފުރާންސުން ހަގީގަތުގައި  މަލާމަތް އެ ކުރަނީ، ރަޝިޔާގެ ނަސާރާއިންނަށް އެކަންޏެއް ނޫނެވެ. މުޅި އިންސާނިއްޔަތަށެވެ. މިއީ އިބްލީސިއްޔަތެވެ. ޝައިތޯނިއްޔަތެވެ. 

ފިރްއައުނިއްޔަތު ބާރު ދެއްކުމެވެ!

ފަހެ، މި މަންޒަރުތަކުން ފެންނަނީ ކުރިޔަށް ހިނގާނެ ބޮޑު ހަނގުރާމައެވެ. އޭގެ ބިރެވެ. ބަނީއިސްރާއީލު ދަރީންނަށް އީސާގެފާނު ފޮނުއްވުމުން، އެކަލޭގެފާނަށް އުރެދުނު ޔަހޫދީން (ފަހުން ސަހްޔޫނީން) ނަސާރާއިންނަށް މަލާމަތްކޮށް ބާރު ދައްކާ މަންޒަރެވެ.

މިއީ އީސާގެފާނު ސަލީބަށް ގަނާއި ދަންޖެއްސުނީތީ އުފާކުރާ ބައިގަނޑެވެ. އެނެއްބަޔަކީ ނަސާރާއިންނެވެ. އެއީ އިސާގެފާނު ސަލީބަށް ނެގުމުން ހިތާމަކޮށް ކަރުނަ އަޅާއި ރޮއި ދެރަވީ މީހުންނެވެ.

އީސާގެފާނު މިހާދިސާ، ކާރިސާއަކަށް ބަދަލުވެ އުޑަށް ނެންގެވިފަހުގެ ވާހަކަ ތަކުގައި ގުރްއާނުގައި މުޅިން ވެސް އައިސްފައި ވަނީ ޔަހޫދީންނާއި ނަސާރާއިންގެ ވާހަކައެވެ. ބަނީއިސްރާއީލް ކިޔުން މިހިސާބުން ގުރްއާނުގައި ހުއްޓުނީއެވެ.

އެމީހުންގެ ފޮތް، ބައިބަލްގައި އަންނަ ހުދު އަހާއި އީސާގެފާނު ސަލީބަށް ނެގުމުގެ ކުރިން ހަވާރީ ބޭކަލުންނާ އެކު އެންމެ ފަހުގެ ފަރީއްކޮޅު ނެންގެވި މަންޒަރަށް ކުރެފި އަރުވާ މަލާމަތް ކުރާތަން ދައްކުވައެވެ.

ފަހެ އަންހެނަކު އިސްކޮށް ބައިންދައިގެން އެމީހުން ގަބޫލު ކުރާ އެމަންޒަރު ސިފަކޮށް ހަޖޫޖަހާއި މަޖާނަގާތަނެވެ. މަރުހިތްޕަވާ މަލާއިކަތާ ހުދުފޮތިގަނޑެއް (ދިދަ) ފަތްޖަހާއި ތަބަކެއްގައި ގެންނަ މަންޒަރުވެސް ސިފަކޮށް ދެއްކީ މަލާއިކަތުންނަށް މަލާމަތްކުރާ ގޮތަށެވެ. އަންނަ ހުދު އަހުގައި ފިޔަގަނޑެއް ލާފައިވެއެވެ.

އަދި، ޕީސްއަށް، ސަލާމަތަށް ރަމްޒުކޮށް ހަދާފައިވާ ސްޓެޗޫ އޮފް ލިބަޓީ މަތިން ސެޓްލައިޓެއް ދައްކާއި ބެލޫނެއް ދާ އިރު ސްޓެޗޫގެ މޫނުގައި ބޮޑެތި ޒަޚަމްތައް ދައްކުވާފައި ވެއެވެ. މިއީ ވެސް ފާޑެއްގެ މަލާމާތެކެވެ. ދެނެތިބޭށެވެ. ކުރިޔަށް އޮތީ ބޮޑުހަނގުރާމައެއް ކަން އެދެއްކީއެވެ.

ފަހެ، މިއީ ސަހްޔޫނީ ޔަހޫދީންގެ ގަބޫލުކުރާ އެއްޖިންސުން ގުޅުންހިންގާ ޖިންސުބަދަލު ކުރުމުގެ ހަމަތައް ދުނިޔެއަށް ފެތުރުމަށް ކުރާހާ ނުބައި ނުލަފާ ކަންތަކެވެ. ސަހްޔޫނީ ޔަހޫދީންނަކީ އީސާގެފާނަށް އުރެދުނު ނުލަފާ ޖައްބާރު ނަބީންނާއި ރަސޫލުން ކަތިލި އަނިޔާވެރީންނެވެ.

ރަޝިޔާ ނަސާރާއިންނަކީ ގުރްއާނަކީ މާތްރަސްކަލާންގެ ބާއްވާލެއްވި ފޮތެއްކަމުގައި ގަބޫލުކޮށް، އެއްޖިންސުން ގުޅުން ހިންގާއި ކައިވެނިކޮށް ޖިންސުބަދަލު ކުރުން ފަދަ މުންކަރާތްތަކާއި ނުރުހޭ އެކަންކަން މަނާކޮށް ފެތުރުމަށް ދެކޮޅިހަދާއި މަނާކުރާ ބައެކެވެ.

އާދެ! އެކްސްގެ ވެރިޔާ އިލޯންމަސްކު ވެސް ބުނެފައި ވަނީ ދުނިޔެ ނިމުމުގެ މަންޒަރުތައް ފުރާންސުން ދައްކަނީ ކަމަށެވެ. މިއީ މަރުގެ އަލާމަތްތަކެވެ. ފަނާކުރުމެވެ. ބަނޑުހައިހޫނު ކަމުގެ އަލާމާތެވެ. ބޮޑުހަނގުރާމައިގެ އަލާމާތެވެ.

މިފޮޓޯތައް މިހާރު ވަނީ ފޭސްބުކުންނާއި އިންޓާނެޓުން ނަގާފައެވެ.

ދުނިޔެ މިދަތުރުކުރާ ގޮތުން އަހުރެމެން ފަދަ ބޮޑުކަނޑެއްގެ މެދުގައި އޮތް މީސްކޮޅުމަދު ކުޑަކުޑަ ގައުމަކުން ވަރަށް ތެދަށް، ވަކިއަތަކަށް، ވަކިބާރަކަށް ނުޖެހި އޮންނަން ޖެހެއެވެ. ރައްޔިތުންނޭވެ! ހޭލާށެވެ!

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް