ރާއްޖެ އައި ޕާކިސްތާނުގެ މީހެއްގެ އަތުން 2 ކިލޯ ޑްރަގް އަތުލައިގަނެފި

Loading

Facebook
Twitter
WhatsApp

ރާއްޖެ އައި ޕާކިސްތާނުގެ މީހެއްގެ އަތުން 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

އިސްކަންދަރުކޮށީގައި ފުލުހުންނާއި ކަސްޓަމްސްއިން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ވަހީދު ވިދާޅުވީ ޕާކިސްތާނު މީހާ މާލެ އައީ މިދިޔަ ބުދަ ދުވަހު އަބޫދާބީގެ މަގުން ކަމަށެވެ.

ވަހީދު ވިދާޅުވީ އޭނާގެ އަތުން 2.12 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވި ގޮތުން މި މައްސަލާގައި ތުހުމަތުކުރެވޭ ދެ ދިވެއްސަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 25 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލާގައި އިތުރު ބަޔަކަށް ވެސް ތުހުމަތު ކުރެވެއެވެ. އެގޮތުން އެކަން ބަލަމުން އަންނަ ކަަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

މިހަާރު ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް