ރާއްޖެއިން ޗައިނާ ސަރުކާރާއެކު ވެފައިވާ ފްރީ ޓްރޭޑް އެގްރީމަންޓް ސެޕްޓެމްބަރުގައި ތަންފީޒުކުރަން ފަށަނީ

Loading

Facebook
Twitter
WhatsApp

ދިވެހި ސަރުކާރުން ޗައިނާ ސަރުކާރާއެކު ސޮއިކޮށްފައިވާ
ޕްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރި އެއްބަސްވުން އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތަންފީޒުކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި ސަރުކާރުން އެކުވެރި ގައުމުތަކާއެކު މިހާރު ކުރަމުން އަންނަ މަސައްކަތުން ރާއްޖޭގެ ވިޔަފާރިއަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމަށެވެ.

އެގޮތުން އެމަނިކުފާނު ރައީސްކަމާ ހަވާލުވެވަޑައިގެން ޗައިނާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެ ގައުމާ އެކުގައި ހެދި ޕްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގެ ފާހަގަކުރައްވަމުން ވިދާޅުވީ އެފްޓީއޭ ތަންފީޒުކުރަން މިހާރު ކުރިއަށްދާ ގާނޫނީ މަރުހަލާ ނިމިގެން އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތަންފީޒު ކުރަން ފެށޭނެ ކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ މާފުވާނެ ކަމަށެވެ. އަދި ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7،897 ބާވަތަކުން ޑިއުޓީ މާފު ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް