ތުރުކީއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް

Loading

Facebook
Twitter
WhatsApp

ތުރުކީ ސަރުކާރާ އެކުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތަށް ހިނގައްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

ރައީސް ވިދާޅުވީ ތުރުކީ ސަރުކާރާ އެކުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތަށް ހިނގައްޖެ ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން 53 ބާވަތަކުން ޑިއުޓީ މާފު ނުވަތަ ލުއިވާނެ ކަމަށެވެ.

މީގެއިތުރުން އިނގިރޭސިވިލާތާ އެކުގައި ވެސް މިނިވަން ވިޔަފާރިގެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އިންޑިއާއާ އެކުގައި ވެސް މިނިވަން ވިޔަފާރިގެ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް