ޤައުމުގެ މިނިވަންކަން ޔަޤީންކުރުމަށް ދައުލަތުގެ އެހެން ބާރުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނަން:ރައީސް

Loading

Facebook
Twitter
WhatsApp

ޤައުމުގެ މިނިވަންކަން ފުރިހަމަ ގޮތުގައި ޔަޤީންކުރުމަށް ދައުލަތުގެ އެހެން ބާރުތަކަށްވެސް އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރައްވައި އެ އެހީތެރިކަން މި ސަރުކާރުން ފޯރުކޮށްދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ޖުޑިޝަރީގެ ދާއިރާއަށް ކުރިއެރުން ހޯދައި ދިނުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށާއި ޖުޑިޝަރީ ދާއިރާ އޮތީ ވަރަށް ބޮޑަށް އިހުމާލު ކުރެވިފައިކަން ފާހަގަކުރައްވައި އެ ދާއިރާއަށް ދޭންވާ ސަމާލުކަން މި ސަރުކާރުން ދެއްވާނެކަމަށާއި މިއަންނަ އަހަރު ސްޕީރިއަރ ކޯޓު ކޮމްޕްލެކްސް އަޅަން މަސައްކަތް ފަށްޓަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެތަން ޤާއިމުކުރައްވާނީ ހުޅުމާލޭގައިކަން ފާހަގަކުރައްވައި އެތަން ޤާއިމުކުރައްވާނީ އެ ދާއިރާގެ ބޭފުޅުން އެދިވަޑައިގަންނަވާ ފެންވަރަށްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ހަމައެެހެންމެ ޖުޑިޝަރީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ހޯއްދެވުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް އެ އޮންނަ އުޞޫލުތަކުގެ ތެރެއިން ގެންނެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން ޖޭ.އެސް.ސީ އެކުލެވިފައިވާ ގޮތަށް ބަދަލުގެނަސް ޖޭ.އެސް.ސީއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށްވެސް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ކުރައްވާ މަސައްކަތްޕުޅުތައް އެ މަނިކުފާނު ރައްޔިތުންނާއި ޙިއްޞާކުރެއްވިއެވެ.

މީގެ އިތުރުން ވަކިވަކި މައްސަލަތައް އަވަސްކުރުމަށް ޤާނޫނުގެ ތެރެއިން އިތުރު ކޯޓުތައް ތަޢާރަފު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް