ގެޔެއްގެ ކުރިމައްޗަށް ކުޑަ މަތިންދާބޯޓެއް ވެއްޓިއްޖެ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ޔޫޓާގައި ގެޔެއްގެ ދޮރުމަތީ އޮންނަ ވިނަގަނޑު މައްޗަށް ކުޑަ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.

މިހާދިސާގައި ގެޔަށް ގެއްލުންތަކެއް ލިބިފައިވާއިރު، ބޯޓުގައި ތިބި ދެމީހުންނަށްވެސް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައެވެ.

ބޯޓު ވެއްޓުނު އިރު ބާރުގަދަ އެއްޗެއް ގޮވިފަދަ އަޑުފަށެއް އިވުނު ކަމަށް އަވަށްޓެރިން ބުނެފައި ވެއެވެ. ހާދިސާ ހިނގި އިރު ގޭގެ ވެރިމީހާވަނީ ވަޒީފާއަށް ގޮސްފައެވެ. ނަމަވެސް އޭނަގެ އަންހެނުންނާއި ކުދިން ގޭގައި ތިބި ކަމަށް ވެއެވެ.ހާދިސާ ހިނގި ވާހަކަ އަންހެނުން ގުޅާފަ ބުނުމުން ގޭގެ ހޯމް ސެކިއުރިޓީ ކެމެރާއިން ވީޑިއޯ ބެލުމަށް ފަހު ގުޅަން ޖެހޭ ތަންތަނަށް ގުޅާފައި ވެއެވެ.

ބޯޓުވެއްޓުމާއެކު ބޯޓުގައި ތިބި ދެމީހުންނަށް އެހީތެރިވުމަށް އެގޭ އަންހެން މީހާ މަސައްކަތް ކުރި ކަމަށް ވެއެވެ.އެދެމީހުންނަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވިނަމަވެސް ދެމީހުންވެސް ތިބީ ޝޮކްގައި ކަމަށް ޚަބަރުތައް ބުނެއެވެ.

ބޯޓުގައި ތިބީ އަންހެނަކާ ފިރިހެނެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް