މިނިވަންކަމެއް ރާއްޖެއަށް ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެ ތިބެގެން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބާގައި ތަހުނިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މިނިވަން ދުވަހުގެ ތަހުނިޔާ “އަޅުގަނޑަށް ފެންނަ ގޮތުގައި ކޮޅުނެއް ކޮޅުގެ މިނިވަންކަމެއް ރާއްޖެއަށް ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެ ތިބެގެން“ ކަމަށެވެ.
ނަޝީދު ވިދާޅުވީ ދަރަނި ނެތި އުޅުމުން ސަރުކާރުން ދޭ އެތައް ހިދުމަތަކުން މަހުރޫމްވާނެ ކަމަށާއި އެހެނަސް ބުއްދިވެރިކަން ވަރަށް މުހިންމު ކަމަށެވެ.
3 Responses
މިނިވަންކަން ގެއްލުވާލުމުގެ މަގުސަދު ގައި ކުރިކަމެއްތާ މިހާވަރަށް ކަލޭގެ ވެސް ބައިވެރިވުމާވެސްއެކުގައުމުދަރުވާލީ ކަލޭގެ ވެރިކަމުގައި ޖީއެމްއާރަށް އެއަރުޕޯޓުވިއްކާލީ ދެވަނަޔަށް ވެރިކަންލިބުނީމާ ގައުމުގެ ރައްޔަތުން ތިންވަނަ ދަރަޖަޔައް ވައްޓާލީވެސް ދެވެންހުރި ހުރިހާ އަނިޔާތަކެއް މިގައުމައްދިނުމުގެ ބޭނުމުގައިތާ އިރާދަފުޅުކުރެއްވިއްޔާ ތިކަހަލަ ބައިގަނޑެއް ނިމިގެން ދާނެ އެއްމެހިތިކޮއް ތިކަހަލަ ޖާހިލުންގެނިމުން ހިތިނިމުމެއް ކަމުގައި ލައްވާށި އާމީން
މިނިވަންކަން ގެއްލުވާލަން ޑިމޮކްރެސީ ގެނެސްދީފާ ރައްޔިތުންނާ ނުބައްދަލު މަޖިލީހަކާއި އިދާރީ ނިޒާމެއް ގާއިމު ކޮށްފާ މިހާރު ތިޔަ ދައްކާ ވާހަކަ ކަމަކު ނުދޭ. މަނިކުފާނުގެ ވެރިކަމުގައި ސަރުކާރުގެ އޮފީސްތަކުުން ބަޖެޓަށް ވުރެން ގިނައިން މިލިއަނުން ޚަރަދު ކުރިމާ ދެއްވި ޖަވާބުވެސް އެހުރީ ރާއްޖޭގެ ނޫސްތަކުގައި ލިއެ ރައްކާކޮށްފާ.
މަންޑޭލާއަށް ވާން ލިބުނު ފުރުސަތު ގެއްލިއްޖެ. އަލުން އެ ފުރުސަތު ލިބިދާނެކަމަކަށް ނުފެނޭ
ދިވެހިގައުމުގެ ދުވަސްދުއްވާލި ފުރޭތަ