މުޒާހަރާކުރި ފަރާތްތަކުން ދީފައިވާ ގެއްލުން ބެއްލެވުމަށްފަހު ޝެއިޚް ހަސީނާ ކީރިތި ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ބަންގްލާދޭޝްގައި ނިމުނު ހަފްތާގައި ކުރިޔަށް ދިޔަ މުޒާހަރާ ތައް ކުރި ފަރާތްތަކުން އެގައުމުގެ މެޓްރޯ ސްޓޭޝަން އަށް ދީފައިފައިވާ ގެއްލުން ބެއްލެވުމަށްފަހު ބޮޑުވަޒީރު ޝެއިޚު ހަސީނާ ކީރިތި ކުރައްވައިފިއެވެ.

ވަޒީފާގެ ކޯޓާ ގެންގުޅޭ މައްސަލައިގައި ޔުނިވަރސިޓީ ކުދިން ފެށިމުޒާހަރާތައް މަތަކުރުމަށް ކަމަށްބުނެ ފުލުހުން ބާރުގެ ބޭނުން ކުރަން ފެށުމުން މުޒާހަރާތައް ހޫނުވެ އަދި ފުޅާވެގެން ދިޔައެވެ. އެގޮތުން ހިނގި އެކި ކުރިމަތިލުން ތަކުގައި މަދުވެގެން 150 މީހުން ވަނީ މަރުވެފައެވެ. މުޒާހަރާ ކުރި ފަރާތްތަކުން ވަނީ ވެހިކަލްތަކާ ބައެއް އިމާރާތްތަކުގައި ހުޅުޖަހާ އަދި މެޓްރޯ ސްޓޭން ބޭނުން ނުކުރެވޭ ވަރަށް ހަލާކު ކޮށްފައެވެ. މިގޮތުން ޓިކެޓް ވެންޑިންގ މެޝިންތަކާ ސިގްނަލް ކޮންޓްރޯލް ސިސްޓަމް ވަނީ ހަލާކު ކޮށްލާފައެވެ.

މެޓްރޯ ސްޓޭން ބެއްލެވުމަށްފަހު ޝެއިޚް ހަސީނާ ކީރިތި ކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އަދި މަރުވި މީހުންނަށް ހަމްދަރުދީ ފާޅުނުކުރެއްވީ ކީއްވެތޯ ސުވާލު އުފައްދާފައި ވެއެވެ. އަދި އެތަނަށް ވަޑައިގެން ފޮޓޯ ނެންގެވުމުގެ މަގްސަދަކީ ސިފައިންނާއި ފުލުހުންގެ ހަމަލާތަކުން މަރުވި މީހުންގެ މައްސަލައަށް އޮތް ފޯކަސް ބަދަލުކޮށްލުން ކަމަށް ގިނަބަޔަކު ބުނެފައި ވެއެވެ.

ބަންގްލާދޭޝްގައި ކުރިން އޮތް ގޮތުން ސަރުކާރު ވަޒީފާތަކުގެ ބޮޑު އިންސައްތައެއް ހަނގުރާމައިގައި ބައިވެރިވި މީހުންގެ އާއިލާތަކަށް ޚާއްސަ ކުރަން ޖެހެއެވެ. މިހެން ހެދުމުން މަތިން ފާސްވާ ގިނަ ބަޔަކަށް ވަޒީފާ ނުލިބިފައި ތިބެން ޖެހޭ ކަމަށް ކިޔަވާކުދިން ބުނެއެވެ.

ވަޒީފާގެ ކޯޓާ އުސޫލް އެ ގައުމުގެ ސުޕްރީމް ކޯޓުން މިހާރު ވަނީ އުވާލާފައެވެ.

Loading

2 Responses

  1. ގުޑް އެކްޓަރ. މުޒާހަރާ ކުރަން ޖެހުނީ މީނާގެ އަމިއްލައެދުން ބޮދުވެ މީނާ ބޭނުންހާ މީހުންނަށް ސަރުކާރުގެ ވަޒީފާތަށް ދީ ކިޔަވާކުދިންނަށް އެއްވެސް ވަޒީފާއެއް އެކިޔާ ކޯޓާގެ ސިސްޓަމުން ލިބިނުދޭތީ. ހަމަ ހައްތާވެސް ދޮގާއި މަކަރާއި ޙީލަތުން ވެރިކަމުގައި ބައްދާ މީހުންތައް މިއުޅެނީ. ބަނގަލަދޭޝްގައިވެސް މީނާ ނުނީ ޚާލިދާ. ދެމީހުންގެ ތެޅުންގަނޑުގައި އެތަކެއް މިލިޔަން ރައްޔަތުންނެއް ފިތި ހާލުގައި ޖެހިފާތިބެނީ. ބަލާވެރި މުސީބާތެކާ ރަށުގެ ވަކީލަކު ބުނީ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް