އިންޑިޔާގެ ލޭބަރަކަށް 95ހާސް ޑޮލަރުގެ އަގުބޮޑު ޑައިމަންޑެއް ކޮނެވިއްޖެ

Loading

Facebook
Twitter
WhatsApp

މައިނެއް ކޮނުމުގެ މަސައްކަތުގައި އުޅުނު އިންޑިޔާގެ ލޭބަރަކަށް 95ހާސް ޑޮލަރުގެ އަގުބޮޑު ޑައިމަންޑެއް ކޮނެވިއްޖެއެވެ. 19.22ކެރެޓްގެ ބަރުދަންހުރި ޑައިމަންޑުގެ އަގު އިންޑިޔާގެ 8މިލިއަން ރުޕީސް ނުވަތަ 95،570 ޑޮލަރަށް އަރައެވެ.                                         

ޑައިމަންޑް ފެނުނު ރާޖޫ ގައުންޑް ބުނި ގޮތުގައި މިކަމަށް އެދިގެން އޭނާ މަސައްކަތް ކުރަމުން އަންނަތާ 10 ވަރަކަށް އަހަރު ވެއްޖެ އެވެ. އޭނަ ކުރާކަމަކީ ފަސްގަނޑުގައި ޑައިމަންޑް ގިނަކަމަށް މަޝްހޫރު ޕަންނާ ސިޓީ ކިޔާ ހިސާބުން ޑައިމަންޑަށް ކޮނުމަށްޓަކައި ބިން ކުއްޔަށް ނަގަނީ އެވެ.ޕަންނާ އަކީ އެތަނުގެ ޑައިމަންޑް ރިޒަރވް ގެ ގޮތުން މަޝްހޫރު ތަނެކެވެ.ޑައިމަންޑް ހޯދުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ޕަންނާގެ ފެޑަރަލް ސަރުކާރުން ވެސް ޚާއްސަ ޕްރޮޖެކްޓެއް ހިންގައެވެ. މިޕްރޮޖެކްޓްގެ ދަށުން، އެކަމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އަގުހެޔޮކޮން ބިން ކުއްޔަށް ދޫކުރެއެވެ. އަދި ފެންނަ ޑައިމަންޑް ސަރުކާރަށް ގަނެއެވެ. ބިން ކުއްޔަށް ދޫކުރަނީ ކޮނުމަށް ބޭނުންވާ އާލާތާވެސް އެކުގައެވެ.

2018 ވަނަ އަހަރު 15 މިލިއަން ރުޕީސްގެ އަގުހުރި ޑައިނަމްޑެއް މީހަކަށް ފެނިފައިވީނަމަވެސް ގިނަ މީހުންނަށް ފެންނަ ޑައިމަންޑް އެހާ ބޮޑު ނޫން ކަމަށާ މިފަހަރު ގައުންޑަށް މިފެނުނީ މިހާތަނަށް ފެނުނު އެންމެ ބޮޑު އެއް ޑައިމަންޑް ކަމަށް ޚަބަރުތައް ބުނެއެވެ.                               

 ގައުންޑް ބުނި ގޮތުގައި ޑައިމަންޑް ފެނިފައިވަނީ އޭނާގެ ބައްޕަ މީގެ ދެމަސް ކުރިން ކުއްޔަށް ނަގާފައިވާ މައިން އަކުންނެވެ. ބުދަ ދުވަހު ކޮނުމަށް ގޮސްފައި މަސައްކަތް ކުރަމުން ދަނިކޮށް އޭނާއަށް ބިއްލޫރި ބަރެއް ކަހަލަ އެއްޗެއް ފެނުނު ކަމަށް އޭނާ ބުނެފައިވެއެވެ. ދޮވެ ސާފު ކުރުމަށްފަހު ، ގާތުން ބަލާލުމުން އެތެރޭގަ ގަދަ ވިދުމެއް ހުރިކަން ފާހަގަ ވުމުން މިފެނުނީ ޑައިމަންޑެއްކަން ޔަގީން ވިކަމަށް އޭނާ ބުނެފައި ވެއެވެ.

ލިބޭނެ ފައިސާއިން އޭނާ ފުރަތަމަ ކުރަން ބޭނުންވާ ކަމަކީ ރަގަޅު ގެޔެއް އެޅުމެވެ. އޭގެ ކުރިން އެކިފަރާތްތަކަށް އޭނާ ދަރާއޮތް ފަސްލައްކަ ރުޕީސް ދައްކާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ބާކީ ފައިސާއިން އޭނާއި އެކު ދިރިއުޅޭ 19 މީހުންނަށްވެސް ބައި އަޅާނެ ކަމަށް ބުނެފައި ވެއެވެ.

ރާޖޫ ގައުންޑް ބުނީ ޑައިމަންޑެއް ފެނުނު ނަމަވެސް މަސައްކަތް ހުއްޓާ ނުލާނެ ކަމަށާ މާދަމާވެސް މަސައްކަތަށް ނިކުންނާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް