ރައްޔިތުންގެ މަޖިލީހުގެ ސައިޒު ކުޑަކުރުމަކީ ގައުމުގެ މާލިއްތަށް ލިބޭ ލުޔެއް

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ސައިޒް ކުޑަކޮށް މެންބަރުންގެ ޢަދަދު 72 އަށް މަދުކޮށްލުމުން ދައުލަތުގެ މާލީ ޙާލަތަށް ހެޔޮބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. އަދި ހަމަ އެހެންމެ ވުޒާރާތައް މަދު ކޮށް ސިޔާސީ މަގާމުތައް މަދުކޮށްލުމަކީ ވެސް ރައްޔިތުންގެ ތިޖޫރީއަށް ލުއިވާނެ އެއްގޮތެވެ.

ރައްޔިތުންގެ މަޖިލީހުގެ ސައިޒު މިހާރު ބޮޑުވަމުން އެދާ ރޭޓުން ބަލާނަމަ ދައުލަތަށް ނުއުފުލޭވަރު ބޮޑު ބުރައެއް މުސްތަގުބަލުގައި އުފުލަން ޖެހިދާނެއެވެ. ކޮންމެ މެންބަރެއްގެ ހަމައެކަނި މަހު މުސާރައަށް ރައްޔިތުންގެ ޓެކްސް ފައިސާއިން 82000 ރުފިޔާ ނަގަމުންދާއިރު, މިހާރު އެތިބަ 96 މެންބަރުންނަށް މަހަކު 78،72000 ރުފިޔާ ހޭދަ ކުރަން ޖެހުމަކީ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ދެރައެކެވެ. މެންބަރުންގެ މުސާރައަށް އަހަރަކު 9،44،64000 ރުފިޔާ ދައުލަތުން ދޭން އެބަ ޖެހެއެވެ.

މިއީ ރަށްޔިތުންނަށް އޮބިއޮންނަ ވަރަށްވުރެ ބޮޑުވަރެކެވެ. ސިޔާސީ މަގާމު ތަކަށް ހޭދަކުރަން ޖެހިފައިވާ މިންވަރު މިއަށްވުރެ ކުޑައެއް ނުވާނެއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ސަރުކާރުގެ ސައިޒު ކަނޑައެޅިފައި ވަނީ މިހާރަށް ފެތޭ އެންމެ ރަނގަޅު ސައިޒަށެވެ.އެވަރުން ރައްޔިތުންނަށް ސަރުކާރުން ދޭންޖެހޭ އެންމެހައި ޚިދުމަތްތައް ބަރާބަރަށް ދެވޭނެކަން ކަށަވަރެވެ.

އޭރު ދައުލަތުގެ މުވައްސަސާއެއްގައި ސިޔާސީ ތިންމަގާމަށްވުރެ އިތުރެއް ނުވާނެއެވެ. އަދި މުސާރަތައްވެސް ކަނޑައަޅަންވާނީ ހިތަށް ކެތްވާނޭފަދަ މިންވަރަކަށެވެ.

އަނެއްކޮޅުން 1979 ވަނަ އަހަރުން ފެށިގެން މި ރާއްޖޭގައި ވަނީ ހަ ރައީސުން ވެރިކަންކޮށްފައެވެ. މިއިން ކޮންމެ ވެރިކަމެއް ނިމިގެން ދަނީ ރައްޔިތުން އިނދަ ޖައްސާލާފައެވެ. އެގޮތުން އެކި ސަރުކާރުތަކުން ހިންގާފައިވާ ވައްކަމާއި ޚިޔާނާތާއި ނަގާފައިވާ ރިޝްވަތަށް ކަޅިހިންގާލާއިރު ހަމައެކަނި ނެގުނު ބިތުފަންގިން އެކަނިވެސް ފަނަރަ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދައުލަތުގެ މާލިއްޔާއިން މަދުވެފައެވެ.

މިފައިސާއަކީ ދިވެހި އެންމެހައި ރައްޔިތުންގެ ޙިއްސާ އެކުލެވިފައިވާ ރުފިޔާނޫންހެއްޔެވެ. އެހެނަސް މިދެންނެވި ރައީސުންގެ ތެރޭގައި ހިމެނިވަޑައި ގަންނަވާ އެއްވެސް ރައީސަކު ރައްޔިތުންގެ މިދެންނެވި ރުފިޔާ ހޯއްދަވައި ދެއްވާފައެއް ނުވެއެވެ. ހީވަނީ ކޮންމެ ސަރުކާރަކުންވެސް ރައްޔިތުންގެ މުދަލާ ރުފިޔާއިން ވައްކަން ކުރުމަކީ އޭބޭފުޅުންނަށް ރައްޔިތުން ދީފައިވާ އިޚުތިޔާރެއް ހެންނެވެ.

ބައެއް ރައީސުން ރައްޔިތުންގެ ފައިސާ ވަގަށްނެގުމަށްފަހު ސަރުކާރުގެ އިސްވެރިންނަށް ބަހާލުމަށްފަހު އެ ވިދާޅުވަނީ އެރުފިޔާއިން އެކުރެއްވީ ވަރުގަދަ ސިޔާސީ އިންވެސްޓެއް ކަމުގައެވެ. ބަޔަކު ޙައިރާން ނުވާނެހެއްޔެވެ. މިހެން ވިދާޅުވުމުންވެސް އަތްތިލަބަޑި ޖަހާބަޔަކުވެސް ރައްޔިތުންގެ ތެރެއިން އެބަފެނެއެވެ. ހިންޏެއްނާދޭ ހެއްޔެވެ!

Loading

One Response

  1. ކޮންމެ އަތޮޅަކަށް ދެމެންބަރުން ހަމަޖެއްސުމުން އެނިމުނީ ހިއްވަރުހުރީއާ މަޖިލިސް ތެރެއިން އެބަދަލު ގެނެސް ދަށްކަބަލަ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް