1000 އެއްހައި ޖާސޫސުން އޮލިމްޕިކްސް ކުޅިވަރުތަކަށް ނާދެވޭގޮތައް ބޭރުކޮށްލާފައިވާ ކަމަށް ފްރާންސުން ބުނެފި

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތްކަމުގައިވާ، އޮލިމްޕިކްސް 2024 ގައި ބޭރުގެ ފަރާތްތަކަށް ޖާސޫސްކޮށްދޭކަމަށް ގަބޫލުކުރެވޭ 1000 އެއްހައި މީހުން އަނބުރައި ނާދެވޭގޮތަށް ބޭރުކޮށްލާފައި ވާނެ ކަމަށް ކުޅިވަރުތައް ފެށުމުގެ ތިންދުވަސް ކުރިން ފްރާންސްގެ އިންޓީރިއަރ މިނިސްޓަރ ޖެރަލްޑް ޑަރމާނިން ބުނެފިއެވެ.  

2024 ވަނަ އަހަރު އޮލިމްޕިކް ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވާ ފްރާންސްގެ ޕެރިސް ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް ރައްކާތެރި ތަަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު އެންމެ ބޮޑު އެއް މައްސަލައަކީ މިއީއެވެ. 

މިގޮތުން، ހުކުރު ދުވަހު ކުޅިވަރު ހަރަކާތްތައް ފެށުމުގެ ކުރިން، ކުޅިވަރުތަކުގެ މަސައްކަތުގައި ހިލޭސާބަހަށް މަސައްކަތްކުރުމަށް ހުށައެޅި ވޮލަންޓިއަރުންނާއި، މުސާރަވެރި މުވައްޒަފުންނާއި، އެހެނިހެން ހުއްދަތަކަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިލިއަނަކަށްވުރެ ގިނަ މީހުންގެ ބެކްގްރައުންޑް ޗެކްތައް ހެދި ތަހުގީގުކޮށްފައިވާއިރު، މިޗެކުތަކުން 5000 އަށްވުރެ ގިނަ މީހުން ފާހަގަކޮށް ކުޅިވަރުތަކަށް ނުވަދެވޭގޮތައް ބްލޮކް ކޮށްފައިވާކަން އިންޓީރިއަރ ވަޒީރު ވަނީ ފާހަގަކޮށްފައެވެ. 

“މީގެ ތެރެއިން 1000 މީހުންނަކީ ބޭރުގެ ނުފޫޒުން އައިސްތިބި ބައެއްކަމަށް ތުހުމަތުކުރެވޭ. އެމީހުންނަކީ ޖާސޫސްކޮށްދޭ ބައެއްކަމަށް ދެކެނީ.” އޭނާ ބުނެފައިވެއެވެ. 

Loading

One Response

  1. ކުޅިވަރުގަވެސް ޖާސޫސް ކުރަން. ކިހާ ސަކަރާތްކަމެއްތޯއެވެ. ތިހެދީހަމަ ރަނގަޅަށް. ބޭރުކޮށްލާ ދެން ނާދެވޭގޮތަށް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް