ތުރުކީއިން އިންޑިއާއަށް ސަލާމަތީ ހަތިޔާރު ބޭރުކުރުން ހުއްޓާލައިފި

Loading

Facebook
Twitter
WhatsApp

ތުރުކީ ސަރުކާރުން އިންޑިއާއަށް ސަލާމަތީ ހަތިޔާރު ފޮނުވުން ހުއްޓާލައި، ސިއްރު ”ބްލޭންކެޓް ބޭން“ އެއްގެ ދަށުން އަމަލުކުރަން ފަށާފައިވާކަމަށް ޚަބަރުތަކުން ބުނެފިއެވެ.

އާންމުކޮށް ނުވަދެވޭގޮތަށް ބަންދުކޮށްގެން 10 ޖުލައި 2024 ގައި ކުރިއަށް ގެންދިޔަ ތުރުކީގެ ޕާލިމެންޓުގެ ފޮރިން އެފެއަރސް ކޮމިޓީގެ ޔައުމިއްޔާއާއި ހަވާލާދީ އެނގޭގޮތުގައި، ތުރުކީގެ ސަލާމަތީ ޚަތިޔާރާއި ބެހޭ އެންމެ ބޮޑު ވުޒާރާ، އެސްއެސްބީގެ ޗެއަރމަން މުސްޠަފާ މުއްރަތް ޝެކަރް ވަނީ ސަރުކާރުގެ ސިއްރު ސިޔާސަތުގެ ވާހަކަ ކޮމިޓީއާއި ހިއްސާކޮށްފައެވެ.

އެގޮތުން، ޝެކަރް ހިއްސާކުރި ގިނަ ވާހަކަތަކަކީ ކޮންމެހެން ސިއްރުކުރަންޖެހޭ ވާހަކަތަކެއް ކަމަށްވީއިރު، ޝެކަރް ބުނެފައިވަނީ، ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރާ އެއްވެސް ހަތިޔާރަކަށް އެދި އިންޑިއާ ކަސްޓަމަރަކު އެދިފައިވާ ހުރިހާ ހާލަތެއްގައިވެސް ތުރުކީ ސަރުކާރުން އެ ރިކުއެސްޓް ރިޖެކްޓް ކޮށްފައިވާކަމަށެވެ. ސިއްރު މައުލޫމާތު ތަކެއް ޝެކަރް ހިއްސާކުރިއިރު، އެވާހަކަތައް އާންމު ވެއްޖެނަމަ މަސްލަހަތު ރަނގަޅު ނުވާނެކަން ދެނަހުރިކަން އޭނާވަނީ ފާހަގަކޮށްފައެވެ.

“ އިންޑިއާއަކީ ހަތިޔާރު އެތެރެކުރާ ދުނިޔޭގެ އެންމެ ބޮޑު 5 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެއް. ބޮޑު ވިޔަފާރި މާރކްޓެއް އޮތް ތަނެއް. 100 ބިލިއަން އެމެރިކާ ޑޮލަރާއި ގާތްކުރޭ. އެހެންނަމަވެސް، އަހަރެމެންގެ ސިޔާސީ ގުޅުންތަކާއި، ޕާކިސްތާނާއިއެކު އޮންނަ ރަހުމަތްތެރިކަމުގެ ސަބަބުން އިންޑިއާއަށް މުދާ ބޭރުކުރުމަށް ތަރުހީބެއް ނުދޭ. އަހަރެމެންގެ ކުންފުނިތަކަށް ހަތިޔާރު ބޭރުކުރުމުގެ ހުއްދަ ނުލިބެނީވެސް މިސަބަބާއިހުރެ.“ އޭނާ ބުނެފައިވެއެވެ.

ތުރުކީއާއި ޕާކިސްތާނުން ގުޅުންތައް އިތުރަށް ވަރުގަދަކުރަމުން ދިޔުމާއެކު، މައުލޫމާތު ލިބޭގޮތުގައި ދެގައުމުން އަންނަނީ 5 ވަނަ ޖެނެރޭޝަން ފައިޓަރ ޖެޓްތަކެއް ހެދުމަށް ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރުވަމުންނެވެ.

Loading

One Response

  1. ތުރުކީ އިން އިޒްރޭލަށް ދޭ ހުރިހާ އެއްޗެއްވެސް ހުށްޓާލައްވާނެ ނަމައެވެ. އިރާދަކުރެއްވިއްޔަ ރަނގަޅުވަމުން ދާނީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް