ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ރަޖިސްޓަރީ ނުކޮށް ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ 10 އުޅަނދު ނަގައިފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ރަޖިސްޓަރީ ނުކޮށް ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ 10 އުޅަނދު ނަގައިފިއެވެ.

ފުލުހުން މިއަދު ބުނީ ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ފަށާފައިވާ ކަމަށެވެ.

އިއްޔެ ފެށި އެ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ހަތަރު ފުރޮޅުލީ 10 އުޅަނދު އިއްޔެ ނަގާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. މިގޮތުން ފުލުހުން ބުނީ ކުރިއަށް އޮތްތަނުގައި ވެސް، ރަޖިސްޓްރީނުކޮށް ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމާއި އުޅަނދު ރަޖިސްޓްރީކޮށްފައި ވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުންދާ މި މަސައްކަތްތަކުގެ ތެރެއިން، ސައްހަ ނޫން ރަޖިސްޓްރީ ހަދައިގެން ދުއްވާ އުޅަނދުތައް ހޯދައި ފިޔަވަޅުއެޅުމުގެ ކަންކަން ވެސް އެ ޚިދުމަތުން ކުރަމުން ގެންދާނެ ކަމަށް ފުލުހުން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް